Advertisement

ލިޓަން މެރި ކަމަށް ތުހުމަތު ކުރެވޭ ނިޒާމުގެ ބަންދަށް އަނެއްކާވެސް 30 ދުވަސް

6 މާރިޗު 2023 - 21:26 1

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ލިޓަންގެ މަރިުގެ ތުހުމަތު ކުރެވޭ ނިޒާމު: އޭނާ މަރާލި ކަމަށް ބެލެވޭ ލިޓަންގެ ހަށިގަނޑެއް ނުފެނޭ -- ފޮޓޯ: ފައިލް


ލިޓަން މެރި ކަމަށް ތުހުމަތު ކުރެވޭ ނިޒާމުގެ ބަންދަށް އަނެއްކާވެސް 30 ދުވަސް

6 މާރިޗު 2023 - 21:26 1

ތެޔޮ ބޯޓެއްގައި އެކުގައި މަސައްކަތް ކުރި ބިދޭސީއަކު މަރާލިކަމުގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މުހައްމަދު ނިޒާމުގެ ބަންދަށް އިތުރު 30 ދުވަސް ޖަހަައިފި އެވެ.

ބަންގްލަދޭޝްއަށް ނިސްބަތްވާ މުހައްމަދު ލިޓަން، 35، ގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަަރުކޮށްފައިވާ ނިޒާމުގެ ބަންދަށް އިތުރު 30 ދުވަސް ޖަހާފައި ވަަނީ އޭނާގެ ބަންދަށް މީގެ ކުރިން ޖެހި 60 ދުވަހުގެ މުއްދަތު ހަމަވުމާއި ގުޅިގެންނެވެ.

ނިޒާމްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު، އޭނާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެގޮތުން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާގެ އިތުރުން ވައްކަމުގެ ދައުވާ އޭނާގެ މައްޗަށް ވަނީ އުފުލައިފަ އެވެ.

އެ މައްސަލަ ފެންމަތިވީ ޑިސެމްބަރު 28، 2022 ގައި ނިޒާމް އާއި ލިޓަން ދަތުރުކުރި ތެޔޮބޯޓާއެކު އެދެމީހުން ވެސް ގެއްލިފައިވާކަން ފުލުހުންނަށް ރިޕޯޓުކުރުމާއެކު އެވެ. ލިޓަން އާއި ނިޒާމް ދަތުރުކުރަމުން ދިޔަ ބޯޓު ޖެނުއަރީ 1، 20203 ގައި ފެނުނު ނަމަވެސް އެދެމީހުންގެ ހިލަމެއް އެއިރު ނުވެ އެވެ.

ނިޒާމް ފެނުނީ ފުލުހުން ހޯދަމުން ދަނިކޮށް މާލޭގެ ގެސްޓު ހައުސްއެއްގައި ހުއްޓަ އެވެ.

ނިޒާމާއި ލިޓަން ގެއްލުނު މައްސަލަ ފުލުހަށް ރިޕޯޓު ކުރިތާ ހަތަރު ދުވަސް ފަހުން ވ. އަތޮޅު ވެމްޕަރު ފަޅުތެރެއިން އިންސާނެއްގެ ހަށިގަނޑު ފެނުނެވެ.

އެއީ ލިޓަންގެ ހަށިގަނޑު ކަމަށް ފުރަތަމަ ބެލެވުނު ނަމަވެސް ހަށިގަނޑު ތަހުލީލުކުރުމަށް ފަހު ފުލުހުން ވަނީ އެއީ ލިޓަންގެ ހަށިގަނޑު ނޫން ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް ނިޒާމު, ލިޓޮން މަރާލި ކަމަށް ބަލާ, އޭނާގެ މައްޗަށް މިވަނީ ދައުވާ އުފުލާފަ އެވެ.