Advertisement

މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރަނީ އިސްދޫ-ކަލައިދޫ ގުޅިގެން

6 މާރިޗު 2023 - 12:32 0

މުހައްމަދު ހަފީޒު

މުހައްމަދު ހަފީޒު

ކަލައިދޫ ރައްޔިތުންތަކެއް


މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރަނީ އިސްދޫ-ކަލައިދޫ ގުޅިގެން

6 މާރިޗު 2023 - 12:32 0

ހިޔާލު ތަފާތުވުންތައް އަބަދުވެސް ބޮޑު, ލާމު އަތޮޅު އިސްދޫ އަދި ކަލައިދޫ ގުޅިގެން ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރަން ނިންމައިފި އެވެ.

އަންނަ ބުދަ ދުވަހު ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރަނީ އިސްދޫ ކައުންސިލާއި ކަލައިދޫ ކައުންސިލް އަދި ދެ ރަށުގެ މުއައްސަސާތައް ގުޅިގެންނެވެ.

މިގޮތުން، އިސްދޫ ކައުންސިލުން ނެރުން އިއުލާނެއްގައި ބުނެފައިވަނީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން ދެ ރަށުގެ 18 އަހަރު މަތީގެ އަންހެނުންނަށް ހާއްސަކޮށްގެން ހަދިޔާ ބަދަލުކުރުމުގެ ހަރަކާތެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ މި ހަރާކާތުގައި ބައިވެރިވާ ކޮންމެ އަންހެނަކަށް 100ރ. އަށްވުރެ ދަށްނުވާ އަދަދެއްގެ ހަދިޔާއެއް ދިނުމަށް ނިންމާފައިވާ ކަމަށާއި މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ދެ ރަށުގެވެސް 18 އަހަރުން މަތީގެ އަންހެނުން މިއަދު މެންދުރު 12:00 ގެ ކުރިން ނަން ނޯޓް ކުރުމަށް އެދޭ ކަމަށެވެ.

މި ހަރަކާތްތަކާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރައްވަމުން އިސްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ހަލީލް "އަދަދު" އަށް ވިދާޅުވީ ދެ ރަށުގެ ތަރައްގީއަށް ޓަކައި ދެ ރަށް ގުޅިގެން މިހާރު މަސައްކަތް ކުރަމުންދާ ކަމަަށެވެ.

ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ އަންނަ ބުދަ ދުވަހު ދިޔާ ބަދަލުކުރުމުގެ ހަރަކާތެއް ބާއްވަން ނިންމާފައިވާ ކަމަށާއި އަދި އެ ރޭ ހާއްސަ ޑިނާ ނައިޓެއް ވެސް އޮންނާނެ ކަމަށެވެ.

"އަޅުގަނޑުމެން އަދި މަސް ދަތުރެއް ބާއްވަން ތައްޔާރުވަމުން މި ދަނީ،" ހަލީލް އިތުރަށް ވިދާޅުވި އެވެ.

އިސްދޫ އަދި ކަލައިދޫ, ލާމަރުކަޒީ އުސޫލުން ހިންގުމަށް އެއީ އެއް ރަށެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަނޑައެޅުއްވި އެވެ.

އެކަމަކު, އެގޮތުގައި އޮތީ އެންމެ ދެ އަހަރެވެ. ކަލައިދޫ ރައްޔިތުން އެ ގޮތް ބޭނުން ނުވެ, ހިޔާލު ތަފާތުވުންތަކާއި ދެބަސްވުންތައް ގިނަވެ ކުރީގެ ރައީސް އަބްދުالله ޔާމީން ނިންމެވީ އިސްދޫ އަދި ކަލައިދޫއަކީ ވަކި ދެ ރަށެއްގެ ގޮތުގައި ހިންގުމަށެވެ.