ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން ނާޝިމް/ އަދަދު
ދެހާސް އަށާރަ ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ލ. އަތޮޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޮވީ 55 ޕަސަންޓުގެ އަގުލަބިއްޔަތަކުންނެވެ. އެމަނިކުފާނުގެ ދެ ވަނަ ދައުރެއްގައި، އެގާރަ ރަށް އޮންނަ މި އަތޮޅަށް ބޮޑެތި ވައުދުތަކެއް ވަނީ ވެވަޑައިގެންފަ އެވެ.
އާބާދީ: 1458 - ދިރިއުޅޭ އާބާދީ: 862
ވައުދު:
ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު
އިސްދުއަށް މި ދައުރުގައި 93 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. މި ރަށަށް ކުރިން ވައުދުވި ކަންތައްތަކުގެ ތެރެއިން ފެނުގެ ނިޒާމު ގާއިމު ކުރުމާއި, ބަނދަރު އަޕްގްރޭޑް ކުރުމާއި, ފުޓްސަލް ދަނޑު ތަރައްގީ ކުރުމާއި, ފުޓްބޯޅަ ދަނޑުގެ ނުނިމިހުރި މަސައްކަތް ނިންމުގެ އިތުރުން އައުޓްޑޯ ޖިމް ގާއިމް ކުރުން އަދި ކައުންސިލް އޮފީހުގެ އާ އިމާރާތް ކުރުން މިހާރު ވަނީ އެއްކޮށް ނިމިފަ އެވެ.
2018 ވަނަ އަހަރުގެ އިންތިހާބުގައި މި ރަށުން ރައީސަށް ލިބިވަޑައިގެންނެވީ 67 ޕަސަންޓު ވޯޓެވެ.
އާބާދީ: 1060 - ދިރިއުޅޭ އާބާދީ: 584
ކަލައިދުއަށް ވާ ވައުދުތައް:
ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު
ކަލައިދުއަށް މި ދައުރުގައި 59 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. މި ރަށަށް ކުރިން ވައުދުވި ކަންތައްތަކުގެ ތެރެއިން ފެނުގެ ނިޒާމު ގާއިމު ކުރުމާއި, މިސްކިތް އިމާރާތް ކުރުމުގެ އިތުރުން އިންޑޯ ބެޑްމިންޓަން ހޯލް ނިންމުން އަދި ޒުވާނުންގެ މަރުކަޒު ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފަ އެވެ.
ދެހާސް އަށާރަ ވަނަ އަހަރުގެ އިންތިހާބުގައި މި ރަށުން ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 56 ޕަސަންޓު ވޯޓެވެ.
އާބާދީ: 1076 - ދިރިއުޅޭ އާބާދީ: 565
ވައުދުތައް:
ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު
ދަނބިދުއަށް މި ދައުރުގައި 43 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. މި ރަށަށް ކުރިން ވައުދުވި ކަންތައްތަކުގެ ތެރެއިން ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފަ އެވެ.
2018 ވަނަ އަހަރުގެ އިންތިހާބުގައި މި ރަށުން ރައީސަށް ލިބިވަޑައިގެންނެވީ 50 ޕަސަންޓު ވޯޓެވެ.
އާބާދީ: 5348 - ދިރިއުޅޭ އާބާދީ: 3826
ގަމުން ރައީސަށް މަރުހަބާ ކިޔަން ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެ ތިބިއިރު, ގަމުގައި ބޭއްވި ޖަލްސާއަކީ ވެސް އެހާމެ ފޯރިގަދަކޮށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ޖަލްސާގައި ވާހަކަދައްކަވަމުން ވާދަވެރިންނަށް ފާޑު ވިދާޅުވުމުގެ އިތުރަށް އެމަނިކުފާނު ވަނީ ގަމަށް ގެންގުޅުއްވާ ތަސައްވަރު ހާމަ ކުރައްވާފަ އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މި ގަން މިއީ އާބަން ސެންޓަރެއްގެ ގޮތުގައި ޑިވެލޮޕްކުރުން. އެގޮތުން ބޭނުންވާ ވަސީލަތްތައް މިތަނުގައި ޑިވެލޮޕްކުރުން. އަަޅުގަނޑުމެންގެ އަމާޒަކީ މިތަން 10 އަހަރު ތެރޭގައި، ކުރިއަށް މި އޮތް 10 އަހަރު ތެރޭގައި 25،000 މީހުންގެ އާބާދީއަކަށް ބަދަލުކުރުން،" ރައީސް ވިދާޅުވި އެވެ.
ވައުދުތައް:
ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު
ގަމަށް މި ދައުރުގައި 190 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. މި ރަށަށް ކުރިން ވައުދުވި ކަންތައްތަކުގެ ތެރެއިން އިހައްދޫ ސްކޫލުގެ ހަ ކްލާސްރޫމު އެޅުމާއި, މުކުރިމަގު ސްކޫލުގެ އާ އޮފީސް އިމާރަތް އެޅުމާއި, މަރިމަރަދޫ މިސްކިތް އިމާރަތް ކުރުމާއި, ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ އިތުރުން, ސިއްހީ ދާއިރާގެ ބައެއް ކަންކަން މިހާރު ވަނީ ކޮށް ނިމިފަ އެވެ.
ދެހާސް އަށާރަ ވަނަ އަހަރުގެ އިންތިހާބުގައި މި ރަށުން ރައީސަށް ލިބިވަޑައިގެންނެވީ 61 ޕަސަންޓު ވޯޓެވެ.
އާބާދީ: 291 - ދިރިއުޅޭ އާބާދީ: 140
ވައުދުތައް:
ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު
މުންޑުއަށް މި ދައުރުގައި 14 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. މި ރަށަށް ކުރިން ވައުދުވި ކަންތައްތަކުގެ ތެރެއިން މިސްކިތުގެ ވަށާފާރު ރޭނުމާއި, އައުޓްޑޯ ޖިމް ގާއިމު ކުރުމުގެ އިތުރުން ކުޑަކުދިންގެ ޕާކު ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފަ އެވެ.
ދެހާސް އަށާރަ ވަނަ އަހަރުގެ އިންތިހާބުގައި މި ރަށުން ރައީސަށް ލިބިވަޑައިގެންނެވީ 61 ޕަސަންޓު ވޯޓެވެ.
އާބާދީ: 1148 - ދިރިއުޅޭ އާބާދީ: 496
ވައުދުތައް:
ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު
މާބައިދުއަށް މި ދައުރުގައި 58 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. މި ރަށަށް ކުރިން ވައުދުވި ކަންތައްތަކުގެ ތެރެއިން ނެރު ހެދުމާއި, އައުޓްޑޯ ޖިމް ގާއިމު ކުރުމުގެ އިތުރުން އިޖުތިމާއީ މަރުކަޒު ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފަ އެވެ.
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި މި ރަށުން ރައީސަށް ލިބިވަޑައިގެންނެވީ 47 ޕަސަންޓު ވޯޓެވެ.
އާބާދީ: 2144 - ދިރިއުޅޭ އާބާދީ 1298
ވައުދުތައް:
ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު
މާވަށަށް މި ދައުރުގައި 86 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. މި ރަށަށް ކުރިން ވައުދުވި ކަންތައްތަކުގެ ތެރެއިން ފެނުގެ ނިޒާމު ގާއިމު ކުރުމާއި, ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމުމާއި, ބަނދަރު ބޭރު ތޮށި ޖެހުމުގެ އިތުރުން އައުޓްޑޯ ޖިމް ގާއިމް ކުރުން އަދި ސްކޫލުގައި ފަސް ކްލާސް ރޫމާއި މަލްޓި ޕާޕަސް ހޯލްގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފަ އެވެ.
2018 ވަނަ އަހަރުގެ އިންތިހާބުގައި މި ރަށުން ރައީސަށް ލިބިވަޑައިގެންނެވީ 47 ޕަސަންޓު ވޯޓެވެ.
އާބާދީ: 565
ކުނަހަންދުއަށް ވަޑައިގެން ރައީސް ވަނީ ލ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓެއް ތަރައްގީކުރަން ވައުދުވެ ވަޑައިގެންފަ އެވެ. ލ. ހިތަދޫ، މީދޫ އަދި ކުނަހަންދޫ ވެސް އޮންނަނީ އެއް ފަޅެއްގަ އެވެ. އެއީ އެ އަތޮޅުގެ އެންމެ ދެކުނުން އޮންނަ ތިން ރަށެވެ.
"މިދާއިރާގެ ހުރިހާ ރަށަކުންވެސް އެންމެ ބޮޑަށް ބޭނުންވާ އެއް ކަމަކީ ވައިގެ މަގުން މިހިސާބަށް ދަތުރުކުރެވޭނެ ފަސޭހަ ލުއިގޮތެއް ހަދައި ދިނުން. އިރާދަކުރެއްވިއްޔާ މި ފަޅުތެރޭގައި އެއާޕޯޓެއް ކުރިއަށް އޮތް ދައުރުގެ ތެރޭގައި އަޅުގަނޑުމެން އަޅައިދޭނަން،" ރައީސް ވިދާޅުވި އެވެ.
ވައުދުތައް:
ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު
ދެހާސް އަށާރަ ވަނަ އަހަރުގެ އިންތިހާބުގައި މި ރަށުން ރައީސަށް ލިބިވަޑައިގެންނެވީ 52 ޕަސަންޓު ވޯޓެވެ.
އާބާދީ: 1293 - ދިރިއުޅޭ އާބާދީ: 1049
ހިތަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ލ. އަތޮޅަށް އާރްޓީއެލް ފެރީގެ ހިދުމަތް ތައާރަފްކުރުން ކަމަށެވެ. އަދި ހިތަދޫ އާއި ކުނަހަންދޫ ގުޅާލަން އަޅާ ކޯޒްވޭގެ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވަމުން އަންނަ ކަމަށާއި އެ މަސައްކަތް ވެސް އަންނަ ދައުރުގައި ނިމޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ވައުދުތައް:
ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު
ހިތަދުއަށް މި ދައުރުގައި 34 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. މި ރަށަށް ކުރިން ވައުދުވި ކަންތައްތަކުގެ ތެރެއިން އައުޓް ޑޯ ޖިމް ގާއިމް ކުރުމާއި, ފުޓްސަލް ދަނޑު ގާއިމުކުރުމާއި ސިއްހީ މަރުކަޒުުގައި ޕޯޓިކޯ އާއި އެމްބިއުލާންސް ވޭ ޕޭވްކުރުން މިހާރު ވަނީ އެއްކޮށް ނިމިފަ އެވެ.
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި މި ރަށުން ރައީސަށް ލިބިވަޑައިގެންނެވީ 53 ޕަސަންޓު ވޯޓެވެ.
އާބާދީ: 768
ވައުދުތައް:
ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު
ދެހާސް އަށާރަ ވަނަ އަހަރުގެ އިންތިހާބުގައި މި ރަށުން ރައީސަށް ލިބިވަޑައިގެންނެވީ 54 ޕަސަންޓު ވޯޓެވެ.
އާބާދީ: 3043 - ދިިރިއުޅޭ އާބާދީ: 2715
ފޮނަދުއަށް މި ދައުރުގައި 106 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. މި ރަށަށް ކުރިން ވައުދުވި ކަންތައްތަކުގެ ތެރެއިން މިސްކިތް އިމާރާތް ކުރުމާިއ 50 ހައުސިން ޔުނިޓަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާއި ފުޓްސަލް ދަނޑުގައި ލައިޓް ހަރުކޮށް އަޕްގްރޭޑު ކުރުމުގެ އިތުރުން ވޮލީ ކޯޓާއި ކުޑަކުދިންގެ ޕާކު ތަރައްގީ ކުރުމުގެ މަސައްކަތް ވަނީ އެއްކޮށް ނިމިފަ އެވެ.
ދެހާސް އަށާރަ ވަނަ އަހަރުގެ އިންތިހާބުގައި މި ރަށުން ރައީސަށް ލިބިވަޑައިގެންނެވީ 47 ޕަސަންޓު ވޯޓެވެ.
ލ. އަތޮޅު ދަތުރުގެ ފަހު މަންޒަިލެއްގެ ގޮތުގައި ފޮނަދުއަށް ވަޑައިގެން ރައީސް ސޯލިހު ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ކުދި ޕާޓީތަކުގެ ތާއީދު ހޯއްދަވަން ކުރައްވާ މަޝްވަރާތައް އަދިވެސް ކުރިއަށް އެބަދާ ކަމަށެވެ.
"[ޕީޕީއެމް/ޕީއެންސީ ފިޔަވައި] ދެން ހުރި ޕާޓީތަކުގެ އެކި ލެވެލްގައި އަަޅުގަނޑުމެންނަށް ވާހަކަ އެބަ ދެކެވޭ. އަޅުގަނޑު ހިތުން މިހާރު އޭގެ ތެރެއިން ބައެއް ބޭފުޅުންނަށް ގަބޫލުފުޅުކުރެއްވޭނެ އެބޭފުޅުންނަށް ފުރަތަމަ ބުރުގައި އުއްމީދެއް ނެތްކަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ އެމްޑީޕީ ދެބައިވެ އުފެދުނު ދަ ޑިމޮކްރެޓްސް ޕާޓީގައި ތިބި ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކު އަނބުރާ އެމްޑީޕީއަށް ގެންނަން ރިޝްވަތު ދިން ކަމަށް ކުރާ ތުހުމަތު ދޮގު ކުރައްވާފަ އެވެ.
"އަޅުގަނޑު ހަމަގައިމު އެއްވެސް މެމްބަރަކަށް އެއްވެސް ކަހަލަ ފައިސާގެ މުއާމަލާތެއް އަދި ރިޝްވަތޭ ތިވިދާޅުވާ ފުޅާ މާނައިގައި ހިމެނޭ ކަހަލަ އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ." އެމަނިކުފާނު ވިދާޅުވި އެވެ.
ލ. އަތޮޅުގެ ދަތުރު ރައީސް ނިންމަވާލެއްވީ އެ އަތޮޅުން ވެސް ބޮޑު އަގުލަބިއްޔަތަކުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަމާއެކު އެވެ. ދެން ރައީސް ވަޑައިގަންނަވާނީ ގދ. އަތޮޅުގައި ވަޑައިނުގަންނަވާ ހަމައެކަނި ރަށް ކަމަށްވާ އެ އަތޮޅު ތިނަދުއަށެވެ.
Comment