Advertisement

ނެޓްފްލިކްސްގެ ފުރަތަމަ ލައިވް ޝޯގައި ކްރިސް ރޮކްގެ ކަންކަށި މަތީގައި ޖެހި ވާހަކަ

5 މާރިޗު 2023 - 12:19 2

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ވިލް ސްމިތު، ކްރިސް ރޮކްގެ ކަންކަށި މަތީގައި ޖަހަނީ. -- ފޮޓޯ: ގެޓީ އިމޭޖާޒް


ނެޓްފްލިކްސްގެ ފުރަތަމަ ލައިވް ޝޯގައި ކްރިސް ރޮކްގެ ކަންކަށި މަތީގައި ޖެހި ވާހަކަ

5 މާރިޗު 2023 - 12:19 2

ނެޓްފްލިކްސްގެ ފުރަތަމަ ލައިވް ކޮމެޑީ ޝޯގައި މިދިޔަ އަހަރު އެކްޓަރު ވިލް ސްމިތު އޮސްކާ އެވޯޑް ހަފުލާގެ ތެރެއިން ކްރިސް ރޮކްގެ ކަންކަށި މަތީގައި ޖެހުމުން ކުރެވުނު އިހުސާސުތައް ކްރިސް ރޮކް ހިއްސާކޮށްފި އެވެ.

އުމުރުން 58 އަހަރުގެ ކޮމީޑިއަން ކްރިސް ރޮކް ބުނީ ކަންކަށި މަތީގައި ޖެހި ވާހަކަ ދައްކާ ދައްކާ ވަރުބަލިވެއްޖެ ކަމަށެވެ. އެހެން ނަމަވެސް، ޖެހުމުން ވީ ތަދުގެ ވާހަކަ ތަކުރާރުކޮށް ދައްކަން ބޭނުންވާ ކަމަށް ބުންޏެވެ.

"މީހުން ބުނޭ، އެންމެ ތަދު ވާނީ، އެންމެ އަސަރު ކުރާނީ، ބުނާ ލަފުޒުންނޭ. އެހެން ބުނާ މީހުންގެ ކަންކަށި މަތީގައި މީހަކު ދުވަހަކު ވެސް ޖެހިހެންނެއް ހިޔެއް ނުވޭ."

އޮސްކާ އެވޯޑު ހަފްލާގެ ސްޓޭޖު މަތިން ކްރިސް ރޮކްގެ ކަންކަށި މަތީގައި ޖެހި މައްސަލައިގައި ވިލް ސްމިތު ވަނީ މައާފަށް އެދިފަ އެވެ. އެ ހާދިސާ ހިނގި ނަމަވެސް ވިލް ސްމިތު އެވޯޑު ހަފްލާއިން ބޭރު ނުކުރެ އެވެ. އަދި އެންމެ މޮޅު އެކްޓަރުގެ އެވޯޑު ވެސް އޭނާއަށް ލިބުނެވެ.

ނެޓްފްލިކްސްގެ ފުރަތަމަ ކޮމެޑީ ލައިވް ޝޯގެ ނަމަކީ "ކްރިސް ރޮކް" ސިލެކްޓިވް އައުޓްރޭޖް" އެވެ. އެ ޝޯގައި ވަނީ ގިނަ މައްސަލަތަކާ ގުޅޭ ވާހަކަ ދައްކައިފަ އެވެ. ޝޯގެ ޓިކެޓު ވިކި ހުސްވި އިރު، ޝޯ އޮތީ އެމެރިކާގެ މޭރީލޭންޑްގެ ބޯލްޓިމޯގަ އެވެ.