Advertisement

އެއާޕޯޓްގެ ސެކިއުރިޓީއަށް މުވައްޒަފުންގެ ދުޅަހެޔޮކަމުގެ ޕްރޮގްރާމްތައް ބޭނުން: މާރިޔާ

4 މާރިޗު 2023 - 17:50 3

މުހައްމަދު އުޝާމް

މ

Advertisement

މާރިޔާ މީގެ ކުރިން ބޭއްވި ހަފްލާއެއްގައި: ވިދާޅުވީ ބޮޑު ހާދިސާއެއް ނުހިނގާ އެއާޕޯޓު ހިންގެނީ ހާއްސަ ސަމާލުކަމެއް ދޭތީ ކަމަށް -- ފޮޓޯ: ފައިލް


އެއާޕޯޓްގެ ސެކިއުރިޓީއަށް މުވައްޒަފުންގެ ދުޅަހެޔޮކަމުގެ ޕްރޮގްރާމްތައް ބޭނުން: މާރިޔާ

4 މާރިޗު 2023 - 17:50 3

Advertisement

Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ސެކިއުރިޓީ އާއި ރައްކާތެރިކަން ޔަގީންކުރެވޭނީ އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި އެ މުވައްޒަފުންގެ ދުޅަހެޔޮކަން ވެސް ޔަގީންކުރެވިގެން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިރޭ ވިދާޅުވެއްޖެ އެވެ.

ވީއައިއޭގައި މަސައްކަތް ކުރާ މުވައްޒަފުންގެ "އޮކިއުޕޭޝަނަލް ހެލްތު، ސޭފްޓީ އެންޑް ސެކިއުރިޓީ" އަށް އަމާޒުކޮށް ފަށާފައިވާ "ބިނާރު" ޕްރޮގްރާމް އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި މާރިޔާ ވިދާޅުވީ އެއާޕޯޓްގެ ސެކިއުރިޓީ ވަނީ ގައުމުގެ ސަލާމަތާ ވެސް ގުޅިފައި ކަމަށެވެ.

Advertisement

"އެއާޕޯޓަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކީ ގައުމަށް ވެސް ކުރިމަތިވާ ނުރައްކަލެއް. ކޮންމެ ގޮންޖެހުމަކީ ވެސް ގައުމުގެ އިގުތިސޯދަށް ކުރިމަތިވާ ގޮންޖެހުމެއް. މިއީ ރާއްޖެ ބޭރު ދުނިޔެއަށް ގުޅުވައިދޭ މައި ދޮރުއަށި،" މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އަމާޒާއި ސިޔާސަތުތައް ބައްޓަން ކުރަނީ މަސައްކަތްތެރިންގެ ހައްގަކީ އެންމެ ކުޑަ އުޖޫރައާ ހަމައަށް ނިމޭ ކަމެއްގެ ގޮތުގައި ނޫން ކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"މަސައްކަތުގެ މާހައުލުމުގެ ރައްކާތެރިކަން ހިމެނޭހެން ހުރިހާ މާނައެއްގައި ވެސް މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކޮށްދީ އަމާން ރައްކާތެރި ސަލާމަތްތެރި މަސައްކަތުގެ ވެއްޓެއް ގާއިމްކޮށްދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަމާޒެއް،" މާރިޔާ ވިދާޅުވި އެވެ.

Advertisement

އެއާޕޯޓް ހިންގާ ކުންފުނި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިސްވެ ފަށާފައިވާ ޕްރޮގްރާމަކީ ސަރުކާރުގެ އެ ސިޔާސަތުގެ އިތުރަށް އެއާޕޯޓްގެ ސެކިއުރިޓީއަށް ވެސް ވަރަށް މުހިންމު ޕްރޮގްރާމެއް ގޮތުގައި މާރިޔާ ސިފަކުރެއްވި އެވެ.

"މޭޖާ އިންސިޑެންޓެއް ކުރިމަތިނުވެ އެއާޕޯޓްގެ އޮޕަރޭޝަންތައް މި ކުރިއަށް ގެންދެވޭނީ ވީއައިއޭއިން ސެކުއިރިޓީއަށް ހާއްސަ ސަމާލުކަމެއް ދެމުން ގެންދާތީ،" މިހާރު ވެސް އެއާޕޯޓްގެ ސެކިއުރިޓީއަށް ޑިފެންސް މިނިސްޓްރީގެ އިދާރާތަކަށް އެމްއޭސީއެލުން ލިބޭ އެއްބާރުލުން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

Advertisement

0.00%

100.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ޒި

about 2 years ago

އެކުދިން އެހާ މުހިންމު ބަޔަކަށް ވީނަމަ އެކުދިންނަށްވެސް އިންޝުއަރެންސްވެސް ނުލިބޭ.. ސަރުކާރުގރ އެހެން މުއަސަސާތަކުގެ މީހުންނަށް ފުލެޓް އާޅާ ދޭ އިރުވެސް އެކުދިން މަތިން ހަދާންވި ވެރިއެތް ނެތް…

ބބހ

about 2 years ago

ކީކޭ ބުނާނީ

ޒި

about 2 years ago

އެކުދިން އެހާ މުހިންމު ވީމަތާ އެކުދިންނަށް އިންޝުއަރެންސް ގަޑެއްހާ ހިސާބުވެސް ނުލިބޭ… ފުލެޓް ގަޑެއްވެސް އެކުދިން ނަށް އަޅާދެވުނު ވެރިއެތް ނެތް