Advertisement

ގްރީސްގެ ރޭލު އެކްސިޑެންޓަށް ފަހު ސްޓޭޝަން މާސްޓާ ހައްޔަރުކޮށްފި

2 މާރިޗު 2023 - 05:38 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ރެސްކިއު ޓީމުން ހަރަކާތްތެރި ވަނީ. -- ފޮޓޯ: އީޕީއޭ


ގްރީސްގެ ރޭލު އެކްސިޑެންޓަށް ފަހު ސްޓޭޝަން މާސްޓާ ހައްޔަރުކޮށްފި

2 މާރިޗު 2023 - 05:38 0

ގްރީސްގައި އަންގާރަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓާ ގުޅިގެން ލަރިއްސާ ސިޓީގެ ރޭލު ސްޓޭޝަންގެ މާސްޓާ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ 59 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާއަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ހިމެނެނީ އިހުމާލުގެ ސަބަބުން މީހުން މަރުވުމާއި އިހުމާލުގެ ސަބަބުން ބޮޑެތި ޒަހަމް ލިބުމެވެ.

ރޭލުތަކަށް ސިގްނަލް ދިނުމުގެ ޒިންމާ އަދާކުރަން ޖެހެނީ ސްޓޭޝަން މާސްޓާ އެވެ. ހައްޔަރު ކުރި މީހާ ތުހުމަތުތައް ދޮގުކުރުމަށް ފަހު ބުނީ އޭނާ އެއްވެސް އިހުމާލެއް ނުވާ ކަމަށެވެ.

އޭނާ ބުނާ ގޮތުގައި އެކްސިޑެންޓު ހިނގަން މެދުވެރިވީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ވުން އެކަށީގެންވެ އެވެ. އެކްސިޑެންޓުވި ސީދާ ސަބަބު އަދިވެސް ނޭނގެ އެވެ.

ތަހުގީގީ ޓީމުތަކުން ބަލަމުން ދަނީ އެއް ރޭލު ދަގަނޑެއްގެ ދެ ކޮޅުން ދެ ރޭލު ދަތުރު ކުރަން ޖެހުނު ސަބަބު ދެނެގަތުމަށެވެ. އެކްސިޑެންޓުވި ޕަސެންޖަރު ރޭލު ދަތުރު ކުރީ އެތެންސްއިން އުތުރުގައި އޮންނަ ތެއްސަލޮނީކީ ސިޓީއަށެވެ. އަނެއް ކޮޅުން ދަތުރު ކުރީ މުދާ އުފުލާ ރޭލެކެވެ.

ޕަސެންޖަރު ރޭލުގައި 350 މީހުން ތިއްބެވެ. އެކްސިޑެންޓުގައި 36 މީހުން މަރުވެފައިވާ އިރު، އެ އަދަދު އިތުރުވަމުން ދާނެ ކަމަށް ބެލެވެ އެވެ.

މިއީ ގްރީސްގެ ތާރީހުގައި ކުރިމަތިވި އެންމެ ބޮޑު އެއް ރޭލު އެކްސިޑެންޓުގެ ގޮތުގައި ނޫސްތަކުން ސިފަކުރެ އެވެ. ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.