Advertisement

ބުރުނީގައި ރުއްތަކެއް ނެގުމުގެ މަސައްކަތް ކުރި ބިދޭސީއެއް މަރުވެ ތިން މީހުން ޒަހަމްވެއްޖެ

26 ފެބުރުވަރީ 2023 - 22:24 0

ތ. ބުރުނީ. ޒަހަމްވީ ތިން މީހުންނަކީ ވެސް އެ ރަށުގައި މަސައްކަތްކުރާ އެމްޓީސީސީގެ މުވައްޒަފުން.


ބުރުނީގައި ރުއްތަކެއް ނެގުމުގެ މަސައްކަތް ކުރި ބިދޭސީއެއް މަރުވެ ތިން މީހުން ޒަހަމްވެއްޖެ

26 ފެބުރުވަރީ 2023 - 22:24 0

ތ. ބުރުނީގައި ރުއްތަކެއް ނެގުމުގެ މަސައްކަތް ކުރަނިކޮށް ވެއްޓުނު ރުކަކުން ޖެހި އިންޑިއާ މީހަކު މަރުވެ އިތުރު ތިން މީހަކު ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.

މިއަދު ހަވީރު ހިނގި އެ ހާދިސާގައި މަރުވީ މީހަކީ ވެސް، އަދި ޒަހަމްވީ ތިން މީހުންނަކީ ވެސް އެ ރަށުގައި މަސައްކަތްކުރާ އެމްޓީސީސީގެ މުވައްޒަފުންނެވެ.

ޒަހަމްވި ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ އިންޑިއާ މީހުންނެވެ. އަނެއް މީހާއަކީ ބަންގްލަދޭޝްގެ ރައްޔިތެކެވެ.

މަރުވި މީހާގެ ހަށިގަނޑު މިވަގުތު އޮތީ ކުޑަހުވަދޫގަ އެވެ. އަދި، ޒަހަމްވި މީހުންނަށް ކުޑަހުވަދޫ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

ކުޑަހުވަދޫ ހޮސްޕިޓަލްގެ މެނޭޖަރު ތޯހިރު އަބްދުއްރައޫފު ވިދާޅުވީ އެ މީހުން އެ ހޮސްޕިޓަލަށް ގެނައި އިރު ވެސް އެކަކު އޮތީ މަރުވެފައި ކަމަށެވެ. އަދި, އަނެއް ތިން މީހުން ވެސް ހާލު ވެސް ކްރިޓިކަލް ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޮލަށް އަނިޔާވެފައި ހުރީ. އަދި ހަށިގަނޑުގެ އެތެރެއަށް ލޭއެޅިފައި ހުރީ. ދެ މީހެއްގެ ހާލަތު ވަރަށް ކްރިޓިކަލް. އަނެއް މީހާގެ ހާލު ވެސް ރަނގަޅެއް ނޫން،" ތޯހިރު ވިދާޅުވި އެވެ.

މަރުވި މީހާގެ ހަށިގަނޑު އަދި ޒަހަމްވި މީހުންނަށް އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.