Advertisement

މިއީ ރައީސް މުއިއްޒު ތ. އަތޮޅުގެ ރަށްތަކަށް ވެވަޑައިގެންނެވި ވައުދުތައް

6 ފެބުރުވަރީ 2024 - 10:43 1

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ރައީސް މުއިއްޒުގެ ކެމްޕެއިނު ދަތުރުފުޅުތަކުގެ ތެރެއިން -- ފޮޓޯ: އިޔާން/ އަދަދު


މިއީ ރައީސް މުއިއްޒު ތ. އަތޮޅުގެ ރަށްތަކަށް ވެވަޑައިގެންނެވި ވައުދުތައް

6 ފެބުރުވަރީ 2024 - 10:43 1

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ތ. އަތޮޅުގެ ރަށްތަކަށް ވަޑައިގަނެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ، އެ އަތޮޅުގެ ރަށްތަކަށް ގިނަ ވައުދުތަކެއް ވެވަޑައިގަނެފަ އެވެ. މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުގައި މިއަދު އެމަނިކުފާނު ވަނީ ތ. އަތޮޅަށް ދަތުރެއް ފައްޓަވާފަ އެވެ.

އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް ފުރަތަމަ ވަޑައިގަތީ ރިޔާސީ އިންތިހާބުގައި އެންމެ މަތީ ޕަސެންޓެއްގެ ވޯޓު ލިބުނު ތ. ގުރައިދޫ އަށެވެ. އެ ރަށުގައި ދެ ފޮށި ބެހެއްޓިއިރު، އެއް ފޮށިން 75.6 ޕަސެންޓު، އަނެއް ފޮށިން 72.4 ޕަސެންޓު އެމަނިކުފާނު ހޯއްދެވި އެވެ.

މިއީ އެމަނިކުފާނު އެ އަތޮޅުގެ ރަށްތަކަށް ވަޑައިގެން ކެމްޕޭން ތެރޭގައި ވައުދުވި ކަންކަމެވެ.

ތިމަރަފުށި

  • ސަރުކާރުގެ ކުރީކޮޅު މަގުހެދުމުގެ މަޝްރޫއެއް ހިންގުން
  • ސަރުކާރުގެ ކުރީކޮޅު ބަނދަރު ތަރައްގީކުރުން
  • ފުޓުބޯޅަ އަދި ފުޓްސަލް ދަ ނޑު ތަރައްގީކުރުން

ވޭމަންޑޫ

  • ޒަމާނީ ފެންވަރަށް މަގުތައް ހެދުން
  • ރަނގަޅު ފެންވަރަކަށް ބަނދަރު ތަރައްގީކޮށް އަޕްގްރޭޑް ކުރުން
  • ހޮސްޕިޓަލް ރަނގަޅު ފެންވަރަކަށް ތަރައްގީކުރުން
  • ވޭމަންޑޫއާއި ކިނބިދޫ ކޯޒްވޭއަކުން ގުޅާލުން
  • ބިން ހިއްކުމުގެ މަޝްރޫޢެއް ކުރިއަށް ގެންދިއުން
  • ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުން
  • ޒަމާނީ ފެންވަރުގެ ބޮޑު މިސްކިތެއް އެޅުން

ކިނބިދޫ

  • ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުން

ހިރިލަންދޫ

  • ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުން
  • ގެދޮރުވެރިކަން ޔަގީންކުރުން
  • ބަނދަރު ބޮޑުކުރުން
  • ރަނގަޅު ފެންވަރުގެ ކޯލްޑް ސްޓޯރޭޖްއެއް ގާއިމުކުރުން
  • ސިއްހީ މަރުކަޒު ތަރައްގީކުރުން
  • ބޮޑެތި މަގުތައް ރަނގަޅު ފެންވަރަށް ތަރައްގީކުރުން

ވިލުފުށި

  • ތައުލީމީ ނިޒާމު ތަރައްގީކުރުން
  • ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުން
  • އެއަރޕޯޓެއް ގާއިމުކުރުން
  • ސިއްހީ ނިޒާމު ތަރައްގީކޮށް، ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ގާއިމުކުރުން
  • މިސްކިތު ފުރާޅު މަރާމާތުކުރުން
  • ވިލުފުއްޓާއި މަޑިފުށި ކޯޒްވޭއަކުން ގުޅާލުން

މަޑިފުށި

  • ޒަމާނީ ފެންވަރަށް މަގުތައް ހެދުން
  • ލޭންޑް ޔޫސް ޕްލޭނާއެއްގޮތަށް ރަށުގެ މެދުގައި ސްކޫލް އެޅުން
  • ދިހަ ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކުރުން
  • ސިއްހީ ނިޒާމު ތަރައްގީކުރުން
  • ޒުވާނުންނަށް ކުޅިވަރު ކުޅޭނެ ވަސީލަތްތައް ގާއިމުކުރުން
  • ވިލުފުއްޓާއި މަޑިފުށި ކޯޒްވޭއަކުން ގުޅާލުން

ގުރައިދޫ

  • ރަނގަޅު ފެންވަރަށް ތާރުއަޅައިގެން މަގުތައް ހެދުން
  • ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ގާއިމުކުރުން
  • ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުން
  • އެއާޕޯޓެއް ތަރައްގީކުރުން

ދިޔަމިގިލި

  • ދިޔަމިގިލި ސްކޫލަށް 10 ކްލާސްރޫމާއެކު، މަލްޓިޕާޕަސް ހޯލެއް ގާއިމުކުރުން
  • ރަށް ގިރުމުގެ މައްސަލަ ހައްލުކުރުން

ގާދިއްފުށި

  • އޭޓީއެމް އެއް ގާއިމުކުރުން
  • ކުނި މެނޭޖުކުރުމުގެ މަޝްރޫއު ހިންގުން
  • ސިއްހީ މަރުކަޒު ރަނގަޅު ފެންވަރަކަށް ހެދުން
  • ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުން

ތ. އަތޮޅުގައި 13 ރަށް އޮންނަ އިރު، ޖުމުލަ ނުވަ ރަށަކަށް މި ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާނެ އެވެ. ރައީސްގެ ތ. އަތޮޅު ދަތުރަށް ފަހު މާލެ ވަޑައިގަންނަވާނީ މި މަހުގެ 10 ވަނަ ދުވަހު އެވެ.