Advertisement

ޕަޕުއާ ނިއު ގިނީގައި ރަހީނުކުރި މީހުން ދޫކޮށްލައިފި

27 ފެބުރުވަރީ 2023 - 06:49 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ރަހީނުކުރި ބްރައިސް ބާކާއަކީ އާކިއޮލޮޖިސްޓެއް. -- ފޮޓޯ: ފޭސްބުކް


ޕަޕުއާ ނިއު ގިނީގައި ރަހީނުކުރި މީހުން ދޫކޮށްލައިފި

27 ފެބުރުވަރީ 2023 - 06:49 0

މީގެ ހަފުތާއެއް ކުރިން ޕަޕުއާ ނިއު ގިނީގައި ހަތިޔާރު އެޅި ގްރޫޕަކުން ރަހީނުކުރި އާކިއޮލޮޖޮސްޓާއި އޭނާއާ އެކު މަސައްކަތް ކުރާ ދެ މީހުން ދޫކޮށްލައިފި އެވެ.

ނިއުޒީލޭންޑުގެ ރައްޔިތެއް ކަމަށްވާ ޕްރޮފެސަރު ބްރައިސް ބާކާ އާއި އިތުރު ތިން މީހުން ރަހީނުކުރީ ބޮސާވީ ފަރުބަދައިގެ ދިރާސާއެއް ހަދަން އުޅެނިކޮށެވެ.

އޭގެ ތެރެއިން އެކަކު މިނިވަން ކުރީ ބުރާސްފަތި ދުވަހު އެވެ. ޕަޕުއާ ނިއު ގިނީގެ ބޮޑު ވަޒީރު ވިދާޅުވީ އެ މީހުން ދޫކޮށްލީ ޑިމާންޑް ކުރި ފައިސާ ނުދެނީސް ކަމަށެވެ.

ބޮޑު ވަޒީރު ޖޭމްސް މަރާޕޭ ވިދާޅުވީ އެ ގްރޫޕުން ޑިމާންޑް ކުރީ 994،000 އެމެރިކާ ޑޮލަރަށް ކަމަށެވެ. އެހެން ނަމަވެސް ރަހީނުކޮށްފައި ތިބި މީހުން ސަލާމަތް ކުރީ ހާއްސަ އޮޕަރޭޝަނެއް ހިންގައިގެންނެވެ.

އޮސްޓްރޭލިއާގައި ދިރިއުޅޭ ޕްރޮފެސަރު ބާކާ މަސައްކަތް ކުރަނީ ޔުނިވާސިޓީ އޮފް ސަތަން ކުއީންސްލޭންޑްގަ އެވެ. އެ ތަނުގެ ވައިސް ޗާންސެލަރު ޖެރަލްޑީން މެކެންޒީ ވަނީ އޭނާ މިނިވަންވުމުން ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ.

ނިއުޒީލޭންޑާއި އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރުން ވަނީ ޕަޕުއާ ނިއު ގިނީގެ ސަރުކާރުން ކުރި މަސައްކަތްކޮށް ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ.