Advertisement

އިރާން ހަނގުރާމައާ ގުޅިގެން ބަޖެޓުން ފަސް ބިލިއަން ޑޮލަރު ސަލާމަތްކުރަން އިންޑޮނީޝިއާއިން ނިންމައިފި

about 2 hours 0


އިރާން ހަނގުރާމައާ ގުޅިގެން ބަޖެޓުން ފަސް ބިލިއަން ޑޮލަރު ސަލާމަތްކުރަން އިންޑޮނީޝިއާއިން ނިންމައިފި

about 2 hours 0

އިރާން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުން އަންނާތީ ބަޖެޓުން ކުރާ ހަރަދުން ފަސް ބިލިއަން ޑޮލަރު ސަލާމަތް ކުރުމަށް އިންޑޮނީޝިއާގެ ސަރުކާރުން ނިންމައިފި އެވެ.

މި ހަނގުރާމައާ ގުޅިގެން އެންމެ ބޮޑަށް އުފުލިފައިވަނީ ތެލުގެ އަގެވެ. ފާއިތުވި ހަތަރު އަހަރު ތެރޭ ނުއުފުލޭ މިންވަރަށް ތެލުގެ އަގުތައް ވަނީ އުފުލިފަ އެވެ.

މި ފިޔަވަޅަކީ ހަނގުރާމައިގެ ސަބަބުން އިގުތިސާދަށް އަންނަ ލޮޅުންތަކުން ދައުލަތުގެ މާލީ ހާލަތު ސަލާމަތްކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް އިންޑޮނީޝިއާގެ ސަރުކާރުން ބުނެނއެވެ.

ތެލުގެ އަގު އުފުލުމުގެ ސަބަބުން ސަބްސިޑީއަށް ކުރަންޖެހޭ ހަރަދު ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށް އިންޑޮނީޝިއާއިން ބުނެ އެވެ. އެއީ އެ ގައުމުގެ އިންފްލޭޝަން ހިފެހެއްޓުމަށާއި ފައިސާގެ އަގު ދަށަށް ދިއުން ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ދެކެ އެވެ

މިކަމުގެ ސަބަބުން ބަޖެޓުގެ ދަރަނި ބޮޑުވިޔަނުދިނުމަށްޓަކައި، ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ފިޔަވައި އެހެނިހެން ދާއިރާތަކުން ހަރަދު ކުޑަކުރުމަށް ހުރިހާ މިނިސްޓްރީތަކަކަށް އެ ގައުމުގެ ސަރުކާރުން ވަނީ އަންގާފަ އެވެ.

ހަނގުރާމަ ދިގުލައިގެންދާ ނަމަ، އިންޑޮނޭޝިއާގެ އިގުތިސާދަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަންޖެހިދާނެ ކަމަށް ވެސް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.