Advertisement

ވެންޓިލޭޓަރު މައްސަލަ: މިހަފްތާގައި ޕީޖީއިން ގޮތެއް ނިންމާނެ

26 ފެބުރުވަރީ 2023 - 14:58 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

މިހަފްތާގެ ތެރޭގައި އެމައްސަލައާ މެދު ގޮތެއް ނިންމާނެކަމަށް ޕީޖީ ވިދާޅުވި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ވެންޓިލޭޓަރު މައްސަލަ: މިހަފްތާގައި ޕީޖީއިން ގޮތެއް ނިންމާނެ

26 ފެބުރުވަރީ 2023 - 14:58 0

ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްގެން ރާއްޖެއަށް ގަތް ވެންޓިލޭޓަރު މައްސަލައާ ގުޅިގެން މިހިނގާ ހަފްތާގެ ތެރޭގައި ގޮތެއް ނިންމަވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

މިމައްސަލައިގަ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ހެލްތު މިނިސްޓަރުގެ ނައިބުކަމުގައި ކުރިން ހުންނެވި، ސ. ފޭދޫ ޕިންކް ހައުސް ޝިޔާމާ މުހައްމަދާއި، ހެލްތު މިނިސްޓްރީގެ ޑިރެކްޓަރުކަމުގެ މަގާމުގައި ކުރިން ހުރި، ތ. ކިނބިދޫ ބޯގަންވިލާ، އަހުމަދު އަސްލަމްގެ އިތުރުން އެ މިނިސްޓްރީގެ ލީގަލް އޮފިސަރުގެ މަގާމުގައި ކުރިން ހުރި، ލ. ގަން، ފެއަރީގާޑެން އަލީ ޝިހާމްގެ މައްޗަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "އަދަދު"އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝަމީމް ވިދާޅުވީ، މި ހަފްތާގެ ތެރޭގައި އެ މައްސަލައާ ގުޅިގެން ގޮތެއް ނިންމާނެ ކަމަށެވެ.

"އަޅުގަނޑުމެން އަތުގަ އެބައޮތް އެ މައްސަލަ. އަޅުގަނޑުމެން އަތުގަ ލަސްވެފަ އޮތީ. މި ހަފްތާގެ ތެރޭގައި އިރާދަކުރެއްވިއްޔާ ގޮތެއް ނިންމާނަން،" ޕީޖީ ޝަމީމް ވިދާޅުވި އެވެ.

މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕީޖީ އޮފީހަށް ހުށަހަޅާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ދައުވާކޮށްދިނުމަށް އެދުނު ތިން މީހުންގެ މައްޗަށްވެސް ކުރުމަށް އެދިފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެ ނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.

މީގެ އިތުރުން މިމައްސަލައިގައި ދައުލަތަށް ގެއްލުނު 31,052,025ރ. އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފަ އެވެ.

މި މައްސަލަ ތަހުގީގުކުރުމަށް ފަހު ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ހިމެނޭހެން ހެލްތު މިނިސްޓްރީގެ 11 މީހެއްގެ މައްޗަށް ދައުވާކުރަން މީގެ ކުރިން ހުށަހެޅި އެވެ. ނަމަވެސް ތަހުގީގު ފުރިހަމަ ނުވާކަމަށް ބުނެ ހަތަރު ފަހަރެއްގެ މަތިން އެ މައްސަލަ އަނބުރާ ފޮނުވާލީ އެވެ.

އެއާއެކު އޭސީސީން ވަނީ އެ މައްސަލަތަކުގެ ތެރެއިން އަށް މީހެއްގެ މައްސަލަ ފައިލްކޮށްފަ އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެގެންދާނެ ކަމުގެ ބިރު އޮތް ވަގުތެއްގައި ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކުރީ 75 ވެންޓިލޭޓަރު ހޯދުމަށެވެ. އެކަމަށް އެދުނު މުއްދަތު ހަމަވިތާ އެތައް ދުވަހެއް ފަހުން އެ ކުންފުނިން ރާއްޖެއަށް ފޮނުވީ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު އަދިވެސް ނުލިބެ އެވެ.

އެ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވުމަށް 34 މިލިއަން ރުފިޔާގެ ބިޑެއް ހުށަހެޅުމުން މާލިއްޔަތު ގާވައިދާ ހިލާފަށް އެއްބަސްވުމުގައި ސޮއިނުކޮށް 30 މިލިއަން ރުފިޔާ، އެ ކުންފުންޏަށް ދޫކުރި އެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ހެލްތު މިނިސްޓްރީއިން ބުނެފައިވާއިރު އެފަދަ ލަފައެއް ދީފައިނުވާނެ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފަ އެވެ.