Advertisement

ނޮޅިވަރަމުގައި ހުރި ޓާފްތަކެއްގައި އަނެއްކާވެސް ރޯކޮށްލައިފި

13 ފެބުރުވަރީ 2023 - 19:05 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މިދިޔަ މަހު 31 ވަނަ ދުވަހު ނޮޅިވަރަމް ފުޓްސަލް ދަނޑުގައި އެޅުމަށް ގެންގޮސްފައި ހުރި ޓާފްތަކެއްގައި ރޯކޮށްލާފައި -- ފޮޓޯ: ސޯޝަލް މީޑިއާ


ނޮޅިވަރަމުގައި ހުރި ޓާފްތަކެއްގައި އަނެއްކާވެސް ރޯކޮށްލައިފި

13 ފެބުރުވަރީ 2023 - 19:05 0

ހދ. ނޮޅިވަރަމުގައި ފުޓްސަލް ދަނޑު އެޅުމަށްޓަކައި ގެންގޮސްފައި ހުރި ޓާފްތަކުގައި އަނެއްކާވެސް ރޯކޮށްލައިފި އެވެ.

އެރަށުގެ ކައުންސިލަރު، ނިޔާޝާ އަލީ މި ނޫހަށް ވިދާޅުވީ ރޯކޮށްލާފައި ވަނީ މިދިޔަ މަހު ރޯކޮށްލި އިރު އަނދައިގެން ނުގޮސް ސަލާމަތުން ހުރި ޓާފް ތަކުގައި ކަމަށެވެ.

"ހަމަ މިދިޔަ ފަހަރު ވެސް ރޯކޮށްލި ޓަފްތަކުން ސަލާމްތަވެފައި ހުރި ޓާފްތަކުގައި އަނެއްކާ ރޯކޮށްލީ،" ނިޔާޝާ ވިދާޅުވި އެވެ.

"ބޮޑަށް ހަމަ ބެލެވެނީ ގަސްދުގައި ބަޔަކު ކުރާ ކެމެއް ކަމަށް،"

އޭނާ އިތުރަށް ވިދާޅުވީ ރޯކޮށްލާފައިވާކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރުފަހު 3:30 ހާއިރު ކަމަށެވެ. އެރަށުގައި ފުޓްސަލް ދަނޑު އެޅުމަށް ގެންގޮސްފައި ހުރި ޓާފްތަކުގައި އެންމެ ފުރަތަމަ ރޯކޮށްލާފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރެއެވެ.

އޭރު އެކަން ކުރީވެސް ބަޔަކު ގަސްދުގައި ކަމަށް ބެލެވޭ ކަމަށް އެރަށު ކައުންސިލްގެ ރައީސް، ޔޫސުފް މޫސާ މި ނޫހަށް މައުލޫމާތު ދެއްވާފައިވެ އެވެ.

އެ ހާދިސާއަށް 13 ދުވަސްވެފައި ވާއިރު، އަދިވެސް އެ ދުވަހު ހިނގި ހާދިސާއާ ގުޅޭގޮތުން ފުލުހުންގެ ފަރާތުން އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ނިޔާޝާ ވިދާޅުވި އެވެ..

އެރަށުގައި ހުރި ޓާފް ތަކުގައި ދެވަނަ ފަހަރަށް ރޯކޮށްލާފައި ވާކަމަށް އެރަށު ރައްޔިތުން ތުހުމަތު ކުރާއިރު، އެ ދަނޑުގެ އަމަލީ މަސައްކަތް ފެށީ 2019 ވަނަ އަހަރު އެވެ.

އެ މަސައްކަތް ފެށިތާ ހަތަރު އަހަރުވެފައި ވީނަމަވެސް އެތަނުގައި ރޯކޮށްލާފައި ވަނީ އެ މަސައްކަތް ލަސްވެގެން ނޫން ކަމަށް އެރަށުގެ ކައުންސިލުން މީގެ ކުރިން ބުނެފައިވެ އެވެ.