Advertisement

ގައުމީ ދިގުފެތުމުގެ މުބާރާތް ބާއްވާނީ ކުޑަގިރީގައި

12 ފެބުރުވަރީ 2023 - 10:35 0

ދާދި ފަހުން ހުޅުވި ކުޑަގިރި ޕިކްނިކް އައިލެންޑް: މި މަހު ގައުމީ ދިގު ފެތުމުގެ މުބާރާތް މި ރަށުގައި ބާއްވާނެ.-- ފޮޓޯ: މިރާން ނާޝިމް/ އަދަދު


ގައުމީ ދިގުފެތުމުގެ މުބާރާތް ބާއްވާނީ ކުޑަގިރީގައި

12 ފެބުރުވަރީ 2023 - 10:35 0

ގައުމީ ދިގުފެތުމުގެ މުބާރާތް، (އޯޕަން ވޯޓާ ސްވިމިން ކޮމްޕެޓިޝަން)، ދާދި ފަހުން ހުޅުވި ކުޑަގިރި ޕިކްނިކް އައިލެންޑްގައި ބާއްވާ ގޮތަށް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނިންމައިފި އެވެ.

މާލޭ ސަރަހައްދުގެ ރައްޔިތުން ދަތުރު ދިޔުމަށް ސަރުކާރުން ހިއްކައި ތަރައްގީކުރި ކުޑަގިރި ޕިކްނިކް އައިލެންޑް ރަސްމީކޮށް ހުޅުވާފައި ވަނީ އިއްޔެ އެވެ. މާލެއާ 15 ވަރަކަށް މިނެޓު ރާސްތާއެއްގައި އޮތް ބަންގަލް ފަޅުގައި ހެދި 8.5 ހެކްޓަރުގެ ކުޑަގިރި ހުޅުވައި ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

ސްވިމިން އެސޯސިއޭޝަނުން ބުނީ މި މަހު 25 ވާ ހޮނިހިރު ދުވަހު 14 ވަނަ ގައުމީ ދިގު ފެތުމުުގެ މުބާރާތް ކުޑަގިރި ޕިކްނިކް އައިލެންޑްގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވުން އަންނަ ބުރާސްފަތި ދުވަހުގެ 12 ޖެހުމުގެ ކުރިން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މުބާރާތުގެ ގަވާއިދާއި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ސްވިމިން އެސޯސިއޭޝަންގެ ވެބްސައިޓުން ލިބޭނެ އެވެ.

މީގެ ކުރިން ވެސް ގައުމީ ދިގު ފެތުމުގެ މުބާރާތް ވަނީ އެހެން ސަރަހަައްދެއްގައި ބާއްވައިފަ އެވެ. އެ ގޮތުން، ސްވިމިން އެސޯސިއޭޝަނާއި މާލޭ ފިޓްނަސް ކްލަބް ގުޅިގެން 2018 ވަނަ އަހަރު ގައުމީ ދިގު ފެތުމުގެ މުބާރާތް ބާއްވާފައިވަނީ ކ. ދިއްފުށީގަ އެވެ. އެ ފަހަރުގެ މުބާރާތަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ.