31 މޭ 2025 - 07:40 0
31 މޭ 2025 - 07:40 0
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި، ތިލަދުންމަތީ ސްކޫލްތަކުގެ ތިންވަނަ ފެތުމުގެ މުބާރާތުގެ އެންމެ ކާމިޔާބު ސްކޫލަކަށް ހއ. އަތޮޅު ތައުލީމީ މަރުކަޒު ހޮވިއްޖެ އެވެ.
މި ފަހަރުގެ މުބާރާތުގައި 16 ސްކޫލަކުން 308 ދަރިވަރުން ބައިވެރިވެފައިވެ އެވެ.
މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި، ކުޅުދުއްފުށީ ކައުންސިލް އަތި ތައުލީމީ ވުޒާރާ ގުޅިގެންނެވެ.
ކުޅުދުއްފުށީ ސިޓީގައި ކުރިއަށްދިޔަ މި މުބާރާތުގެ ޖޫނިއާ އަދި ސީނިއާ ބައިން އެއް ވަނަ ސްކޫލަކަށް ހޮވިފައިވަނީ ހއ. އަތޮޅު ތައުލީމީ މަރުކަޒެވެ. މިދިޔަ ދެ އަހަރު ވެސް މި މުބާރާތުގެ ޖޫނިއާ އަދި ސީނިއާ ކެޓަގަރީގެ އެންމެ މޮޅު ސްކޫލަކަށް ވެސް ހޮވިފައިވަނީ ހއ. އަތޮޅު ތައުލީމީ މަރުކަޒެވެ.
މީގެ އިތުރުން، ހއ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ މި މުބާރާތުގެ ޖޫނިއާ ގްރޫޕް އޭ ކެޓަގަރީގެ އަންހެން އަދި ފިރިހެން އެއް ވަނަ ހޯދައިފަ އެވެ. އަދި ޖޫނިއާ ގްރޫޕް އޭގެ ފިރިހެން ކެޓަގަރީގެ އެއް ވަނަ އާއި، ސީނިއާ ގްރޫޕް އޭގެ ފިރިހެން ކެޓަގަރީގެ އެއް ވަނަ ހޯދައިފަ އެވެ.
މި މުބާރާތުގެ ޖޫނިއާ އޭ ކެޓަގަރީގެ އެއް ވަނަ ފިރިހެން ފެތުންތެރިޔަކީ ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ އަހުމަދު އަލްޔާން ބިން އަބްދުالله އެވެ. މި ކެޓަގަރީގެ އަންހެން އެއް ވަނަ ފެތުންތެރިޔަކީ ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ފާތިމަތު ސުމާހާ މުނައްވަރެވެ.
ޖޫނިއާ ބީ ކެޓަގަރީގެ ފިރިހެން އެއް ވަނަ ފެތުުންތެރިޔަކީ ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ މިހުދާދް އަބްދުލް މަންނާހް އެވެ. މި ކެޓަގަރީގެ އަންހެން އެއްވަނަ ފެތުންތެރިޔަކީ ށ. އަތޮޅު މަދަރުސާގެ މަރިޔަމް މީރާ އަުމީރު އެވެ.
މި މުބާރާތުގެ ސީނިއާ ކެޓަގަރީގެ އެއް ވަނަ ފިރިހެން ފެތުންތެރިޔަކީ ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ އަލީ ސާއީ ސައުދުالله އެވެ.
ސްވިމިން އެސޯސިއޭޝަނުން ބުނީ އަންނަ އަހަރު މި މުބާރާތައް އޯޕަން ވޯޓާ ކެޓަގަރީ އިތުރުކުރުން އެއީ އެ އެސޯސިއޭޝަންގެ އަމާޒެއް ކަމަށެވެ.
Comment