11 ފެބުރުވަރީ 2023 - 11:36 0
އާމިނަތު ނިއުޝާ
ކުޑަގިރި އެޗްޑީސީއާ ހަވާާލުކުރީ އެރަށް ކައިރީގައި ސްކޫލް ދަރިވަރުންނަށް ހާއްސަ ރަށެއް ތަރައްގީކުރުމަށް ޝަތުރުކޮށްގެން، މިއީ ރާއްޖޭގައިވެސް މިގޮތަށް ތަރައްގީ ކުރެވޭނެ ފުރަތަމަ ރަށްް -- ފޮޓޯ: ރައީސް އޮފީސް
11 ފެބުރުވަރީ 2023 - 11:36 0
މާލެ ސަރަަހައްދުގައި ސަރުކާރުން ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީ ކޮށްފައިވާ ކ. ކުޑަގިރި ކައިރީގައި ސްކޫލް ކުދިންނަށް ހާއްސަ ރަށެއް ހެދެމަށް ހަމަޖެހިފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރައްވައިފި އެވެ.
ކުޑަގިރިއާ ޖެހިގެން އަދި އިތުރު ކުޑަ ރަށެއް ތަރައްގީކުރާކަން މީގެ ކުރިން އިއުލާންކޮށްފައިވާނެ ކަމަށާއި، އެ ރަށަކީ ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް ހާއްސަކޮށްް ހުުޅުވާ ރަށެއް ކަމަށް މިއަދު ކުޑަގިރި ރަސްމީކޮށް ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދަައްކަވަމުން ރައީސް ވިދާޅުވި އެވެ.
"މި ރަށާއި ޖެހިގެން ކުޑަ ރަށެއް ޑިވެލްޕްކުރާނެ ވާހަކަ އަޅުގަނޑު ވާނީ އިއުލާނުކޮށްފައި. އެއީ އެޑިއުކޭޝަން ދާއިރާގައި ތައުލީމު އުނގެނެމުންދާ ކުދިން ދަތުރު އައިސް ކޭމްޕުކޮށް ސްކައުންޓުންނާއި ގާލްގައިޑުން އެ ހިދުމަތް އެ ފަރާތްތަކަށް ލިބޭ ގޮތަށް ތައްޔާރު ކުރެވޭ ރަށެއް،" ރައީސް ވިދާޅުވި އެވެ.
ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އާ ކުޑަގިރި ހަވާލުކުރީ އިތުރު ކުޑަރަށެއް އެ ސަރަހައްދުގައި ގާއިމްކުރުމަށް ޝަރުތުކޮށް ކަމަށް ރައީސް ވިދާޅުވި އެވެ. ޝަރުތުކޮށްފައިވާނީ ކުޑަގިރީގެ ހިދުމަތް ފަށާއިރު، ސްކޫލު ދަރިވަރުންނަށް ހާއްސަ ރަށް އޮންނަން ޖެހޭ ގޮތަށްް ކަމަށް ރައީސް ވިދާޅުވި އެވެ.
"އެޗްޑީސީން ހުޅުވައިގެން ހިދުމަތް ދޭއިރުގައި އެ ރަށް ޖެހޭނޭ މިތަނުގައި އޮންނަން. އެހެންވީމަ އަޅުގަނޑުގެ އުއްމީދަކީ އިލްތިމާސްއަކީ މިކަން އެޗްޑީސީން ލަސްނުކޮށް ކޮށް އެޑިއުކޭޝަން މިނިސްޓްރީ އަށް، ދަރިވަރުންނަށް އެ ހިދުމަތް ފޯރުކޮށް ދެވޭނެ ގޮތެއް ހޯދައި ދިނުން." ރައީސް ސޯލިހް ވިދާޅުވި އެވެ.
ކުޑަގިރި ހުޅުވި އިރު އެރަށުގައި ވެސް ކުޑަކުދިންނަށް ހާއްސަކޮށް ސަރަހައްދެއް ވަނީ ގާއިމްކޮށްފަ އެވެ. އެތަނުގައި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތަކާއި، އެހެނިހެން ކަންތައްތައް ކުރެވޭނެ ފުރިހަމަ އިންޒިތިޒާމްތައް ވަނީ ހަމަޖައްސާފަ އެވެ.
ކުޑަގިރި ކައިރީގައި ސްކޫލު ދަރިވަަރުންނަށް ހާއްސަ އެހެން ރަށެއް ތަރައްގީކުރާކަން ރައީސް ސޯލިހް އިއުލާންކުރައްވާފައިވާއިރު، މިއީ ރާއްޖޭގައި ސްކޫލު ދަރިވަރުންނަށް ހާއްސަކޮށް ތަރައްގީކުރެވޭ މިފަދަ ފުރަތަމަ ރަށެވެ.
Comment