Advertisement

މަޝްރޫއުތައް ދިގުލިޔަސް އެގްރީމެންޓު ބާތިލް ކުރުމުގެ ވިސްނުމެއް ނެތް!

8 ފެބުރުވަރީ 2023 - 12:17 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ޕްލޭނިން މިނިސްޓްރީ މުހައްމަދު އަސްލަމް؛ ވިދާޅުވީ މަޝްރުއު ނުނިމު ލަސްވިޔަސް އެގްރީމެންޓު ބާތިލް ކުރުމުގެ ވިސްނުމެއް ނެތް--- ފޮޓޯ: މަޖިލިސް


މަޝްރޫއުތައް ދިގުލިޔަސް އެގްރީމެންޓު ބާތިލް ކުރުމުގެ ވިސްނުމެއް ނެތް!

8 ފެބުރުވަރީ 2023 - 12:17 0

އެކިއެކި މަޝްރޫއުތައް ނުނިމި ދިގުލައިގެން ދިޔަ ނަމަވެސް، އެގްރީމެންޓު ބާތިލް ކުރުމުގެ ވިސްނުން ޕްލޭނިން މިނިސްޓްރީން ނުގެންގުޅޭ ކަން މިނިސްޓަރު މުހައްމަދު އަސްލަމް ހާމަ ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގައި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ވަނީ ބިލެތްދޫގެ ނަރުދަމާގެ މަސައްކަތް ނުނިމި އޮންނަތާ ހަތަރު އަހަރުވެފައިވާތީ އެކަމާ ސުވާލުކުރައްވައިފަ އެވެ.

"ބިލެތްދޫގެ ނަރުދަމާ ނިމުމަކާ ގާތަށް ގޮސްފައި އޮންނަތާ ގާތްގަނޑަކަށް ހަތަރު ވަރަކަށް އަހަރު ވެއްޖެ، ކޮންޓްރެކްޓަރީ އަޅުގަނޑުމެންނަށް ވާރުތަ ކޮށްފައި މަޝްރޫއެއް، ފެށުނު ހިސާބުން ފެށިގެން ވެސް މައްސަލަ އުޅޭ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ އެގޮތަށް "ވާރުތަކޮށްފައި" އޮތް ހަތަރު ރަށެއްގެ މަސައްކަތް ނުނިމި އެބައޮތް ކަމަށާއި އެ ކަންކަމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.

އެހެންނަމަވެސް މިފަދަ މައްސަލަތަކުގައި އެއްބަސްވުން ބާތިލް ކުރުމަކީ މިނިސްޓްރީން އެންމެ އެދޭ ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންޓްރެކްޓެއް ބާތިލް ކުރީމާ ދިމާވާ ގާނޫނީ މައްސަލަތައް ނިކުމޭ، ކޯޓަށް ދިއުމާ ކޯޓުގަ ލަސްވުމާ، މި ހުރިހާ ކަމެއް ދެން އޭގެ ތެރޭގައި ވާތީ އާންމު އުސޫލުން އަޅުގަނޑުމެން ކޮންޓްރެކްޓު ޓާމިނޭޓު ކުރަން އެއީ އަޅުގަނޑުމެން އެންމެ ޕްރިފާ ކުރާ ކަމަކަށް ނުހަދަނީ،" އަސްލަމް ވިދާޅުވި އެވެ.

ބިލެތްދޫ ނަރުދަމާގެ މަސައްކަތް ނިންމަން މިހާރު ދެ މަސް ދުވަސް ދީފައިވާނެ ކަމަށާއި ދެ މަސް ތެރޭގައި ނުނިމިއްޖެ ނަމަ އެއްބަސްވުން ބާތިލް ކުރާނެ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

ބިލެތްދޫގެ މަޝްރޫއު ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން މީގެ ކުރިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެކަމާ ފާޑުވިދާޅުވެފަ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވި ނަޝީދު ކެމްޕެއިނަށް އެ ރަށަށް ވަޑައިގެން ވިދާޅުވީ ހަތަރު އަހަރު ވީއިރު އެ މަސައްކަތް އޮތީ "ކަކުނި ހަރު ކޮނެލަ ކޮނެލާ" ކަމަށެވެ.