Advertisement

ދައުލަތުގެ ރިޒާވްގައި 789 މިލިއަން ޑޮލަރު

8 ފެބުރުވަރީ 2023 - 09:37 2

މުހައްމަދު ހަފީޒު

މުހައްމަދު ހަފީޒު


ދައުލަތުގެ ރިޒާވްގައި 789 މިލިއަން ޑޮލަރު

8 ފެބުރުވަރީ 2023 - 09:37 2

ދައުލަތުގެ ރަސްމީ ރިޒާވްގައި މިދިޔަ ޖެނުއަރީ މަސް ނިމުނުއިރު ހުރީ 789.97 މިލިއަން ޑޮލަރު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޑިސެމްބަރު މަހާ އަޅާބަލާއިރު ޖެނުއަރީ މަހު ރާއްޖޭގެ ރަސްމީ ރިޒާވް އަދި ޔޫސަބަލް ރިޒާވް ވަނީ ދަށަށް ގޮސްފަ އެވެ.

ކުރު މުއްދަތުގައި ދައްކަންޖެހޭ ދަރަނި، ޖެނުއަރީ ނިމުނުއިރު ހުރީ 536.21 މިލިއަން ޑޮލަރުގައި ކަމަށާއި ޖެނުއަރީ މަސް ނިމުނުއިރު ޔޫސަބަލް ރިޒާވްގައި ހުރީ 253.76 މިލިއަން ޑޮލަރު ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ރަސްމީ ރިޒާވްގައި ޑިސެމްބަރު މަސް ނިމުނުއިރު ހުރީ 827.72 މިލިއަން ޑޮލަރެވެ. ޑިސެމްބަރު މަހު ޔޫސަބަލް ރިޒާވްއަކީ 267.74 މިލިއަން ޑޮލަރެވެ.

ރަސްމީ ރިޒާވް މިދިޔަ އަހަރު ނިމޭއިރު ހުންނަނީ 657.3 މިލިއަން ޑޮލަރުގައި ކަމަށް ކުރިން އަންދާޒާކޮށްފައިވެ އެވެ. އެކަމަކު އަންދާޒާކުރި އަދަދަށްވުރެ އަހަރު ނިމުނުއިރު ރަސްމީ ރިޒާވްގައި އިތުރަށް 170.4 މިލިއަން ޑޮލަރަ އަރާފައިވެ އެވެ.

މި އަހަރު ނިމޭއިރު ރަސްމީ ރިޒާވްގައި 606.3 މިލިއަން ޑޮލަރު ހުންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކުރެ އެވެ.