Advertisement

އެންމެ ބާރަށް ކުރިއަރާ އިގުތިސާދުގެ ރޭހުގައި އިންޑިއާ ފަހަތަށް ޖައްސާލައި ސައުދީ އެއް ވަނައަށް

1 ފެބުރުވަރީ 2023 - 08:04 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


އެންމެ ބާރަށް ކުރިއަރާ އިގުތިސާދުގެ ރޭހުގައި އިންޑިއާ ފަހަތަށް ޖައްސާލައި ސައުދީ އެއް ވަނައަށް

1 ފެބުރުވަރީ 2023 - 08:04 0

އެންމެ ބާރަށް ކުރިއަރަމުން އަންނަ އިގުތިސާދުގެ ރޭހުގައި އިންޑިއާ ފަަހަތަށް ޖައްސާލުމަށް ފަހު ސައުދީ އެއްވަނައަށް ޖެހިލައިފި އެވެ.

އެހައި ބޮޑު ކުރިއެރުމެއް އެ ގައުމުގެ އިގުތިސާދަށް އައިސްފައި ވަނީ ތެލުގެ ސިނާއަތް ނޫން އެހެން ސިނާއަތްތައް ހަލުވި ބާރުމިނެއްގައި ފާއިތުވި އަހަރު ތެރޭގައި ކުރި އެރުމުންނެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެގައުމުން ބޭރު ކުރި ތެލުގެ އިތުރުން އެހެނިހެން ވިޔަފާރި ސިނާއަތްތަކަށް 6.2 ޕަސެންޓުގެ ކުރިއެރުމެއް ލިބުނެވެ. ސައުދީގެ ތެލުގެ ސިނާއަތް އެ މުއްދަތުގައި ކުރި އަރާފައި ވަނީ 6.1 ޕަސެންޓެވެ. އެއީ 2021 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރަށް ފަހު ހޯދި އެންމެ ބޮޑު ކުރިއެރުމެވެ.

އެއާއެކު ސައުދީގެ މުޅި އިގުތިސާދަށް މިދިޔަ އަހަރު 8.7 ޕަސެންޓުގެ ކުރި އެރުމެއް އައިސްފައިވެ އެވެ. އެ ކުރިއެރުމާ އެކު ސައުދީން ވަނީ އެންމެ ބާރަށް ކުރިއަރަމުން އަންނަ އިގުތިސާދުގެ ގޮތުގައި އޮތް އިންޑިއާ ފަހަތަށް ޖައްސާލައި އެއްވަނައިގައި ހަމަޖެހިލާފަ އެވެ. އިންޑިއާގެ އިގުތިސާދު މިދިޔަ އަހަރު ކުރިއަރާފައި ވަނީ 6.8 ޕަސެންޓެވެ.

ސްވިޒަލޭންޑުގެ ޑޭވޮސްގައި މިމަހު ކުރިއަށް ގެންދިޔަ ވޯލްޑު އިކޮނޮމިކް ފޯރަމްގައި ވާހަދައްކަވަމުން އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު، ކްރިސްޓަލީނާ ޖޯޖީވާ ވިދާޅުވީ އައިއެމްއެފް އިން ދެކެނީ ސައުދީގެ މި ކުރިއެރުމަކީ ދުނިޔޭގެ އިގުތިސާދަށް ވެސް އޮތް ރަނގަޅެއް ކަމަށެވެ.

ސައުދީ އަރަބިއްޔާގެ އިގުތިސާދަށް ބޮޑު ކުރިއެރުމެއް އައިސްފައި މިވަނީ ދުނިޔޭގެ އިގުތިސާދު ވަރަށް ބޮޑަށް ހީނަރުވެފައި އޮތް ދުވަސްވަރެއްގަ އެވެ. މީގެ ކުރިން ވެސް ދުނިޔެ ދުށް އިގުތިސާދީ ތަދުތަކުގައި ގަލްފުގެ ގައުމުތަކަށް މާބޮޑު އަސަރެއްކޮށްފަ އެއް ނުވެ އެވެ.

ސައުދީ އަރަބިއްޔާއިން ދަނީ އެގައުމުގެ އިގުތިސާދު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ ގައުމަށް ތެލުގެ ސިނާއަތުން ވަންނަ ފައިދާއިން ބޮޑެތި މަޝަރޫއުތަކަށް އެގައުމުން ދަނީ އިންވެސްޓު ކުރަމުންނެވެ.