9 ޑިސެންބަރު 2025 - 10:16 0
9 ޑިސެންބަރު 2025 - 10:16 0
މުސާރައިގެ ގޮތުގައި 13،000 ޑޮލަރަށް ވުރެ އިތުރަށް ލިބޭ ބިދޭސީންނަށް ސައުދީ އަރަބިއްޔާއިން ބަނގުރާ ވިއްކަން ފަށައިފި އެވެ.
އެ ގައުމުގައި ބަނގުރާ މަނާކޮށްފައި އޮންނަތާ 70 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ޑިޕްލޮމެޓުންނަށް ބަނގުރާ ވިއްކުމަށް ހާއްސަ ފިހާރާއެއް ހުޅުވީ މިދިޔަ އަހަރު އެވެ. މީގެ ކުރިން ޑިޕްލޮމެޓުން ފިޔަވައި ދެން ސައުދީގައި އުޅޭ ބިދޭސީންނަށް އެ ފިހާރައިން ބަނގުރާ ނުގަނެވެ އެވެ.
ނިއު ޔޯކް ޓައިމްސްއިން އިންޓަވިއު ކުރި ފަސް މީހަކު ވަނީ އެ ފިހާރައިން ބަނގުރާ ވިއްކާކަން ޔަގީންކޮށްދީފަ އެވެ. ނަމަވެސް ބަނގުރާ ގަނެވެނީ "ޕްރިމިއަމް ރެޒިޑެންސީ" ހުއްދަ އޮންނަ މީހުންނަށެވެ. އެއީ މުއްސަނދި މީހުންނާއި އެ ގައުމުގެ ކުންފުނިތަކުގައި މަސައްކަތް ކުރާ މަތީ ފަންތީގެ މުވައްޒަފުންނަށް ލިބޭ ހުއްދަ އެކެވެ.
ރިޔާދުގައި ހުންނަ އެ ފިހާރައިން ބަނގުރާ ވިއްކުމުގައި ގެންގުޅޭ އުސޫލަށް ލުއިތަކެއް ދިންކަން ސައުދީގެ އިދާރާތަކުން ރަސްމީކޮށް ހާމައެއް ނުކުރެ އެވެ. އެ ފިހާރަ ހުންނަނީ ވެސް ޑިޕްލޮމެޓުން އުޅުމަށް ހާއްސަކޮށްފައިވާ ސަރަހައްދުގެ ތެރޭގަ އެވެ.
ސައުދީގެ ސަރުކާރުން އަދި މިކަމުގައި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
Comment