Advertisement

5 ރަށެއްގެ ހޮސްޕިޓަލު ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

1 ފެބުރުވަރީ 2023 - 08:18 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ފަސް ރަށެއްގެ ހޮސްޕިޓަލު ތަރައްގީކުރުމުގެ މަޝްރުއޫ އެކި ކުންފުނިތަކާ ހަވާލުކޮށްފައިވޭ -- ފޮޓޯ: މަޖިލިސް


5 ރަށެއްގެ ހޮސްޕިޓަލު ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

1 ފެބުރުވަރީ 2023 - 08:18 0

ރާއްޖޭގެ ސިއްހީ ނިޒާމު ލާމަރުކަޒުކޮށް އަތޮޅު ތެރެއިން ސިއްހީ ހިދުމަތްތައް ލިބޭނެ ގޮތް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފަސް ރަށެއްގައި ހޮސްޕިޓަލު އެޅުމަށް ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ހަވާލުކޮށްފައި ވަނީ ނ. ވެލިދޫ، ތ. ވިލިފުށި، ގދ. ގައްދޫ އަދި ބ. ތުޅާދޫގެ ހޮސްޕިޓަލު ތަރައްގީކުރުމުގެ މަސައްކަތެވެ. މީގެ އިތުރުން މިހާރުވެސް ރީޖަނަލް ހޮސްޕިޓަލެއް ހުންނަ ލ. ގަމުގައި 130 އެނދުގެ އާ ހޮސްޕިޓަލެއް ތަރައްގީކުރުން ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ. އެހެން ރަށްރަށުގައި ހަވާލުކޮށްފައި ވަނީ 30 އެނދުގެ ހޮސްްޕިޓަލު ގާއިމްްކުރުމެވެ.

ހެލްތު މިނިސްޓްރީންް ބުނީ، ލ. ގަމާއި ގައްދޫ ހޮސްޕިޓަލު ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސްޕޭންގެ ކުންފުއްޏެއް ކަމުގައިވާ ހޮމްޓް އެސްޕަނިއާ ނަމަކަށް ކިޔާ ކުންފުންޏަކާ ކަމަށެވެ. މި ދެ ހޮސްޕިޓަލުގެ މަޝްރޫއަކީ 79,050,022.60 ޔޫރޯގެ މަޝްްރޫއެކެވެ.

އެއްބަސްވުމުގެ ދަށުން މި ދެހޮސްޕިޓަލްގެ އިތުރުން ކޮންމެ ހޮސްޕިޓަލަކާއި ގުޅިގެން ސްޓާފު އެކަމޮޑޭޝަން ބްލޮކްތަކާއި މުޅި ހޮސްޕިޓަލަށް ބޭނުންވާ ފަރުނީޗަރާއި މެޑިކަލް އިކްޕްމަންޓާއި، މުވައްޒަފުން ތަމްރީން ކުރުން ހިމެނޭ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ބ. ތުޅާދޫ 30 އެނދުގެ ހޮސްޕިޓަލު ގާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. މި މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރީ 123,667,047.03 ރުފިޔާއަށް 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ތ. ވިލިފުއްޓާއި ނ. ވެލިދޫ ހޮސްޕިޓަލިގެ މަސައްކަތް ކުރުން ބަޔަކާ ހަވާލުކޮށްފައި ވީނަމަވެސް މި މަޝްރުއޫގެ އިތުރު ތަފްސީލެއް މިނިސްޓްްރީން ހާމަނުކުރެ އެވެ. މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

މިދިޔަ މަހު ފިނޭންސް މިނިސްޓްރީން ވަނީ ހަތް ރަށެއްގެ ހޮސްޕިޓަލު ތަރައްގީކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފަ އެވެ.