Advertisement

ލ. އަތޮޅުން ބޮޑު މަޝްރޫއެއް ކުރިއަށްގެންދަނީ މާވަށުގައި: އަބްދުއްރަހީމް


ލ. އަތޮޅުން ބޮޑު މަޝްރޫއެއް ކުރިއަށްގެންދަނީ މާވަށުގައި: އަބްދުއްރަހީމް

ލ. އަތޮޅުގައި ބޮޑު މަޝްރޫއެއް ކުރިއަށްދަނީ ހަމައެކަނި މާވަށުގައި އެކަނި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

މާވަށުގައި ބޭއްވި ޕީއެންސީގެ ޖަލްސާއެއްގައި އަބްދުއްރަހީމް ވިދާޅުވީ މިވަގުތު ލ. އަތޮޅުގައި ބޮޑުއެއް ހަމައެކަނި މާވަށުގައި ކުރިއަށްގެންދާއިރު، ލ. ގަމާއި ފޮނަދޫގައި މަޝްރޫއެއް ކުރިއަށް ނުދާ ކަމަށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ލ. އަތޮޅަށް ފޯކަސްކޮށްގެން އެ އަތޮޅުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަތޮޅު ކައުންސިލްތައް އުވާލުމުން އަމާޒުވާ ފާޑުކިޔުންތަކާ ގުޅޭގޮތުން އަބްދުއްރަހީމް ވިދާޅުވީ އެކަމާ ގުޅިގެން ރަށު ކައުންސިލްތައް އިތުރަށް ބާރުވެރިވެފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅިގެން އެކަމަށް ތާއީދުކޮށް ބަޔާން ނެރުމަށް މާވަށު ކައުންސިލުގައި އެދުމުން ވަގުތުން ބަޔާން ނެރުނު ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވުާލުމަށް ތާއީދުކޮށް ފޮނަދޫ ކައުންސިލުން ބަޔާނެއް ނެރެން އެ ކައުންސިލުގައި ނޭދުނީ ކީއްވެތޯ ސުވާލުކުރި ކަމަށެވެ. ނަމަވެސް އެގޮތަށް އެކަން ނުކުރީ އޭނާ ކުރި ކަމެއް ކަމަށް ދޭހަވެދާނެތީ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.