Advertisement

17 އަހަރުގެ ކުއްޖަކު ރޭޕުކުރި މީހަކު 40 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

19 ޖަނަވަރީ 2023 - 11:23 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ކުޑަކުއްޖަކު ރޭޕްކޮށް، އޮރިޔާން ކާޑު އުފެއްދި މީހަކު 40 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައި-- ފޮޓޯ: އަދަދު ފައިލް


17 އަހަރުގެ ކުއްޖަކު ރޭޕުކުރި މީހަކު 40 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

19 ޖަނަވަރީ 2023 - 11:23 0

ކުޑަކުއްޖަކު ރޭޕުކޮށް، އެ ކުއްޖާގެ ބަރަހަނާ ފޮޓޯ ނަގައިގެން އޮރިޔާން ކާޑު އުފެއްދި މީހަކު 40 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

ލ. ކަލައިދޫ، މާކަރީލައިޓް، މުހައްމަދު ޝަޒްލީފްގެ މައްޗަށް ރޭޕުކުރުމުގެ ކުށުގެ ދައުވާ އާއި ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ފެބްރުއަރީ، 2018، ގަ އެވެ.

އެ އަހަރުގެ ޖެނުއަރީ 6، ގެ މެންދަމުގެ ވަގުތެއްގައި ލ. ކަލައިދޫ ދަނޑުބިން ސަރަހައްދު ވަލުތެރެއަށް އެ ކުއްޖާ ގެންގޮސް، ގަދަކަމުން ޖިންސީ ގުޅުން ހިންގައި، ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ނެގިކަން އޭނާގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.

އެ މައްސަލައިގައި ކޯޓުން އިއްުޔެ ހުކުމް ކުރީ ރޭޕްކުރުމުގެ ކުށަށް 20 އަހަރަށް ޖަލަށް ލުމަށް އަދި ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާންކާޑު އުފެއްދުމުގެ ކުށް ސާބިތުވެފައިވާތީ، އިތުރު 20 އަހަރަށް ޖަލަށް ލުމަށެވެ.

އޭނާގެ މައްޗަށް އިއްވި 40 އަހަރުގެ ޖަލު ހުކުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ދެ އަހަރާއި އެއް މަސް އުނިވާނެ އެވެ.