15 ފެބުރުވަރީ 2026 - 07:30 2
އޮންލައިންކޮށް ޓިއުޝަންގެ ހިދުމަތް ދޭ "ބްރައިޓް މައިންޑްސް" ގެ ވެރިޔާ އަލީ އަފްލަހު
15 ފެބުރުވަރީ 2026 - 07:30 2
އޮންލައިންކޮށް ޓިއުޝަންގެ ހިދުމަތް ދޭ "ބްރައިޓް މައިންޑްސް" ގެ ވެރިޔާ އަލީ އަފްލަހު, ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.
ފުލުހުން ރޭ ބުނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް، އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު މިދިޔަ ބުދަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ރަސްމީކޮށް ވަނަވަރު ހާމަނުކުރި ނަމަވެސް، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ، ޚައިތަރު، އަލީ އަފްލަހުކަން ވަނީ ކަށަވަރުވެފައެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
ބްރައިޓް މައިންޑްސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑް އުފެއްދި އަދި ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރި އަފްލަހު ހައްޔަރުކުރީ، ރާއްޖެއިން ބޭރުގައި އުޅެފައި އައި ވަގުތު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
އަފްލަހު ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބްރައިޓް މައިންޑްސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރުންނަށް އެހެން ބަޔަކު ހަމަޖައްސައިފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment