Advertisement

މުއްދަތެއް ނެތް ގޮތަށް އިރާގުގައި އެމެރިކާ ސިފައިން ތިބުމަށް ބޮޑު ވަޒީރުގެ ތާއީދު

16 ޖަނަވަރީ 2023 - 05:33 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިރާގުގެ ބޮޑު ވަޒީރު މުހައްމަދު ޝިއާ އަލް ސޫދާނީ. -- ފޮޓޯ: ޒުމާ ޕްރެސް


މުއްދަތެއް ނެތް ގޮތަށް އިރާގުގައި އެމެރިކާ ސިފައިން ތިބުމަށް ބޮޑު ވަޒީރުގެ ތާއީދު

16 ޖަނަވަރީ 2023 - 05:33 0

އިރާގުގައި މުއްދަތެއް ނެތް ގޮތަށް އެމެރިކާ ސިފައިން ތިބުމަށް ތާއީދު ކުރާ ކަމަށް އިރާގުގެ ބޮޑު ވަޒީރު މުހައްމަދު ޝިއާ އަލް ސޫދާނީ ވިދާޅުވެއްޖެ އެވެ.

ވޯލް ސްޓްރީޓް ޖާނަލް ނޫހަށް ދެއްވި އިންޓަވިއުގައި ސޫދާނީ ވިދާޅުވީ އިސްލާމިކް ސްޓޭޓް (އައިއެސް) ޓެރަރިސްޓުންނާ ދެކޮޅަށް އެހެން ގައުމުތަކުގެ ސިފައިންގެ އެހީ އަދިވެސް ބޭނުންވާ ކަމަށެވެ.

އެމެރިކާ އާއި ނޭޓޯގެ ސިފައިން އިރާގުގައި ތިބެނީ އިރާގުގެ ސިފައިންގެ ހާއްސަ ޔުނިޓްތަކަށް ތަމްރީން ދިނުމަށެވެ. އައިއެސްއާ ދެކޮޅު އޮޕަރޭޝަންތަކުގައި ބޭރުގެ ސިފައިން ސީދާ ބައިވެރިވަނީ މަދު ފަހަރަކު އެވެ.

މިދިޔަ އޮކްޓޯބަރު މަހު ވެރިކަމަށް ވަޑައިގެންނެވި ސޫދާނީ ވިދާޅުވީ އެމެރިކާގެ އޮފިޝަލުންނާ އެކު މަޝްވަރާ ކުރުމަށް އަންނަ މަހު ވޮޝިންޓަނަށް އިރާގުގެ ވަފުދެއް ދަތުރުކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ސައުދީ އަރަބިއްޔާ އާއި ތެލާއި ގޭހުގެ މުއްސަނދިކަން އޮތް ގަލްފުގެ އެހެން ގައުމުތަކާއި އެމެރިކާއާ ދެމެދު އޮންނަ ފަދަ ގުޅުމެއް އިރާގުން ވެސް އެމެރިކާއާ އެކު ބާއްވަން ބޭނުންވާ ކަމަށެވެ.

"އިރާގުން އެމެރިކާ އާއި އިރާނާ އެކު ވެސް ގާތް ގުޅުމެއް ބޭއްވުމަކީ ނުވާނެ ކަމެއްގެ ގޮތުގައި އަޅުގަނޑު ނުދެކެން،" ސޫދާނީ ވިދާޅުވި އެވެ.