Advertisement

ބީއެމްއެލްގެ ސެކިއުރިޓީ ވަރުގަދަ ކުރަން ރައީސް އެދިވަޑައިގެންފި

12 ޖަނަވަރީ 2023 - 22:57 0

ރައީސް ސޯލިހު މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ ބޭންކުގެ އެންމެ ބޮޑު ޒިންމާއަކީ ފައިސާއަށް އަމާނާތްތެރިވުން ކަމަށް -- ފޮޓޯ: ރައީސް އޮފީސް


ބީއެމްއެލްގެ ސެކިއުރިޓީ ވަރުގަދަ ކުރަން ރައީސް އެދިވަޑައިގެންފި

12 ޖަނަވަރީ 2023 - 22:57 0

ބޭންކް އޮފް މޯލްޑިވްސްގެ ސެކިއުރިޓީ އިންތިޒާމްތައްް މިހާރަށްވުރެ ވެސް ވަރުގަދަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އެދިވަޑައިގެންފި އެވެ.

ބީއެމްއެލަށް 40 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ހަފްލާއެއްގައި ވާހަކަަ ދައްކަވަމުން ރައީސް ވިދާޅުވީ، ބޭންކަށް ފައިސާ ރައްކާ ކުރުމަށް ދެނީ ވަރަށް ބޮޑު އިތުބާރެއްކޮށްފައި ކަމަށާއި އެހެންކަމުން ބޭންކުގެ އެންމެ ބޮޑު ޒިންމާއަކީ އެ ފައިސާ ރަނގަޅަށް ބެލެހެއްޓުން ކަމަށެވެ.

"ފައިސާ ރައްކާކުރަން ބޭންކާ ހަވާލު ކުރަނީ، ބޭންކަށް ވަރަށް ބޮޑަށް އިތުބާރު ކުރާތީ. އެ ފައިސާ އަމާނާތްތެރިކަމާއި ފަރުވާތެރިކަމާއެކު ރައްކާތެރިކޮށް ބެލެހެއްޓުމަކީ ބޭންކުގެ އެންމެ އިސް ޒިންމާ. އެ އަމާނާތްތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް މިހާރަށްވުރެ ވެސް ހަރުދަނާ އިންތިޒާމްތަކެއް ހަމަޖައްސަވާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން، ރައީސް މިރޭ ވަނީ ވިޔަފާރިވެރިންނަށް ލުއި ގޮތްތަކެއް ހޯދައިދެއްވުމަށް މަސައްކަތް ކުރުމަށް ވެސް ބީއެމްއެލްގެ ފަރާތުން އެދިވަޑައިގަނެފަ އެވެ.

"... ވިޔަފާރިވެރިންނަށް މިހާރަށްވުރެ ފަސޭހަ ލުއި ގޮތްތަކެއް ހޯދައިދިނުމަށް ބޭންކުން މަސައްކަތްކޮށްދެއްވުމަށް،" ރައީސް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ރައީސް ވަނީ ބީއެމްއެލްގެ 40 އަހަރުގެ މާޒީގައި ކޮށްދެއްވި ބައެއް ހިދުމަތްތައް ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން ފަތުރުވެރިކަމާއި މަސްވެރިކަމަށް ބީއެމްއެލްގެ ސަބަބުން ލިބުނު ކުރިއެރުން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

"އެ ދެ ތަނބު [މަސްވެރިކަމާއި ފަތުރުވެރިކަން] ގެ މަތީގައި ރާއްޖޭގެ އގްތިސާދު ހިފެހެއްޓިފައި މި އޮންނަނީ މި ބޭންކުގެ ހަކަތަ އާއި ފަންވަރުގެ ސަބަބުން،" ރައީސް ވިދާޅުވި އެވެ.

ބީއެމްއެލް އުފެއްދީ ނޮވެމްބަރު 11، 1982 ވަނަ އަހަރެވެ. އެއީ ދިވެހި ސަރުކާރުން އުފެއްދި ފުރަތަމަ ބޭންކެވެ.