Advertisement

އީވްނިން ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

11 ޖަނަވަރީ 2023 - 18:38 0


އީވްނިން ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

11 ޖަނަވަރީ 2023 - 18:38 0

އޯކިޑު މަގުގައި ހުންނަ އީވްނިން ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސަސް އިން ހަރަކާތްތެރިވަމުން އެބަދެ އެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ރިޕޯޓުކޮށްފައި ވަނީ މިއަދު އިރުއޮއްސި 18:12 ގަ އެވެ.

އަދި، އަލިފާން ރޯވީ ވަނީ އެ ކެފޭގެ ބަދިގޭގައި ކަމަށާއި އަލިފާން ނިއްވާލުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ވެސް މައުލޫމާތު ދިނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެނުނު ގޮތުގައި އެ ކެފޭ ހުންނަ އިމާރާތުގައި ވަރަށް ބޮޑަށް ރޯވެ ގަދައަށް ދުން ދިޔައީ އަރަމުންނެވެ.

އެ ސަރަހައްދުގައި ތިބި "އަދަދު" ގެ ނޫސްވެރިން މައުލޫމަތު ދިން ގޮތުގައި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްކޮށްފަ އެވެ. އަދި، ދުމުގެ އަސަރު އެ ސަރަހައްދުގައި ވަރަށް ބޮޑަށް ހުރި ކަމަށް ވެސް މައުލޫމާތު ދިނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަން މިހާތަނަށް އެއްވެސް އިދާރާއަކުން ހާމަކޮށްފައި ނުވެ އެވެ. އެ ވަގުތު ބައެއް މީހުން އެމްބިއުލާންސަށް އަރުވައިގެން ގެންދިޔައިރު ބެލެވޭ ގޮތުގައި އެއީ ދުމުގެ އަސަރު ކޮށްގެން ގެންދިޔަ މީހުންނެވެ.

އެ ސަރަހައްދުގައި ސިފައިންނާއި، ފުލުހުންގެ އިތުރުން މޯލްޑިވްސް ރެޑް ކްރެސެންޓުން ދަނީ ހަރަކާތްތެރިވަމުންނެވެ.