Advertisement

ރަނގަޅު ދަރިވަރުން އުފެއްދުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދެ ދަންފަޅިއަށް ކިޔެވުން: ޑރ. އައިޝަތު

5 ޖަނަވަރީ 2023 - 17:56 0

ް

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

މިނިސްޓަރު ވިދާާޅުވީ ދެ ދަންފަޅިއަށް ކިޔެވުން އޮތުމަކީ ކުދިންގެ ތަރުބިއްޔަތަށް އޮތް ބޮޑު ހުރަހެއް ކަމަށް -- ފޮޓޯ: ރައީސް އޮފީސް


ރަނގަޅު ދަރިވަރުން އުފެއްދުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދެ ދަންފަޅިއަށް ކިޔެވުން: ޑރ. އައިޝަތު

5 ޖަނަވަރީ 2023 - 17:56 0

ް

މިހާރު ސްކޫލްތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެއް ދަންފަޅިއަކަށް ކިޔެވުން ބަދަލު ނުވެ އޮތުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާާޅުވެއްޖެ އެވެ.

މިނިސްޓަރ މިފަދައިންް ވިދާޅުވީ، ރައީސް އިބްރާހިމް މުހަައްމަދު ސޯލިހް ރ. އަލިފުއްޓަށް މިހާރުކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ރަށު ސްކޫލްގައި އަލަށް ގާއިމްކުރެވުނު މަލްޓި ޕާޕަސް ރޫމް ހުޅުވުމުގެ ރަސްމިއްޔާތުގަ އެވެ. މި ރަސްމިއްޔާތުގައި މަލްޓި ޕާޕަަސް ރޫމް ހުޅުއްވައިދެއްވީ ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު އެވެ.

މިނިސްޓަރ ވިދާޅުވީ، ސްކޫލް ނިންމާފައި ނުކުންނަ ދަރިވަރުން ވާން ވާނީ "ފަސްމީރު ކުރިރުކަކަށް" ކަމަށެވެ. އެކަން ވުމަށް އޮންނަ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ ގިނަ ސްކޫލްތަކުގައި އެއްދަންފަޅިއަށް ކިޔަވައި ނުދެވުންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ކޮންމެ ކުއްޖަކީ ފަސްމީރު ކުރިރުކެއްގެ ގޮތުގާ ތަރުބިއްޔަތުކުރުމަށް މިހާރު އޮތް އެންމެ ބޮޑު ދައްޗަކީ ބައެއް މަދަރުސާތައް ދެދަންފަޅިއަށް ހިންގާާކަން. ބައެއް މަދަރުސާތަަކުގައި ރަސްމީ މުގައްރަރުގައި ކިޔަވައިދޭ ކިޔެވެއްޔަށް ފަަހު ހަށިގަނޑުގެ ތަަރުބިއްޔަަތާ ސްކޫލްގެ އެހެނިހެން ހަރަކާތްތައް ހިންގާނެ ޖާގައެއް ނެތުން، މާހައުލެއް ނެތުން," މިނިސްޓަރު އައިޝަތު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރުމަށް ސަރުކާރުން އަންނަަނީ ގިނަ އަަދި މުހިންމު މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. މި އުންމީދަށް ވާާސިލު ވެވިއްޖެ ނަމަ ރަސްމީ ގަަޑިއަށް ފަހު ދަރިވަރުންގެ ކިބައިގައި އަހުލާގީ މުހިންމު ސިފަތައް އަށަގެންނުމަށް އޮންނަ ފުރުސަތު ބޮޑުވާނެ ކަމަަށް އޭނާ ފާަހަގަކުރެއްވި އެވެ.

މިހާތަނަށް މަދަރުސާތަކުގެ އުމްރާނީ ތަރައްގީއަށް 1.6 ބިލިއަން ރުފިޔާ ބަޖެޓު ކުރެވިފައިވާކަމަށް މިނިސްޓަަރު ވިދާޅުވި އެވެ. ދައުރުގެ މިހާތަނަށް މަދަަރުސާަތަކުގެ އުމްރާނީ ތަރައްގީއަށް 221 މަޝްރޫއެއް ކުރިއަށް ގެންގޮސްފައި ވެއެވެ. ރާއްޖޭގައި ހިންގަމުން އަންނަނީ ސަަރުކާރުގެ 215 ސްކޫލެވެ.

މަދަރުސާތަކުގެ އުމްރާނީ ތަަރައްގީއަށް ކުރެވޭ މަސައްކަތްތައް:

  • 1578 ކްލާސްރޫމް އިތުރުކުރުން
  • 85 މަލްޓިޕާޕަސް ހޯލް
  • ސްކޫލްތަކުގެ އެހެނިހެން އިމާރާަތްތަކުގެ ގޮތުގާ 509 ތަނެއް (ސްޓާފްރޫމް/ލެބޯޓްރީ/އޮފީސް އިމާރާތް ފަދަ ތަންތަން)
  • މިހާތަނަށް 48 މަޝްރުއޫއެއް އެއްކޮށް ނިމިއްޖެ

މިނިސްޓަަރު ވިދާޅުވީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަލިފުށީގައި ހުޅުވުނު މަލްޓި ޕާޕަސް ހޯލުގައި ސްކޫލް ދަރިވަަރުންނަށް އެކިއެކި ކުޅިވަަރު ހަަރަކާތްތަކާއި، ރަށު ފެންވަރުގައި އަދި މިރޭ އެތަނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާއްސަ ޖަލްސާތައް ފަދަ ގައުމީ ފެންވަރުގެ ޖަލްސާތައް ބޭއްވިގެން ދިއުން ކަމަށެވެ.