7 ޖަނަވަރީ 2023 - 21:51 1
މުހައްމަދު ޝަހްޒާން
ޗާންދަނީ މަގުގައި މިރޭ ހުޅުވި އެޑިޑާސް ފިހާރަ. އެތަނުން އެޑިޑާސް ބުރޭންޑުގެ ގިނަ ވެރައިޓީތައް ލިބޭނެ ކަމަށް ސޮނީ ސްޕޯޓްސް އިން ބުނޭ -- ފޮޓޯ: އިޔާން / އަދަދު
7 ޖަނަވަރީ 2023 - 21:51 1
ދުނިޔޭގެ މަޝްހޫރު ބްރޭންޑު، އެޑިޑާސްގެ ފިހާރައެއް ސޮނީ ސްޕޯޓްސް އިން މިރޭ މާލޭގައި ހުޅުވައިފި އެވެ.
އެ ފިހާރަ ހުޅުވާފައި ވަނީ ޗާންދަނީ މަގުގައި ކުރިން ސޮނީ ސްޕޯޓްސް ލައިފްސްޓައިލް ހުރި އިމާރާތުގަ އެވެ. އެޑިޑާސް ފިހާރައިން ކަސްރަތު ކުރުމާއި ދުވާއިރު ބޭނުން ކުރާ ސާމާނުގެ އިތުރުން ކެޝުއަލް ވެއާ އާއި ފުޓުބޯޅަ ބޫޓާއި ޖާޒީ ވެސް ލިބެން އެބަހުއްޓެވެ.
ސޮނީ ސްޕޯޓްސް އިން ބުނީ އަލަށް ހުޅުވި ފިހާރައާ އެކު ކުރިން އެ ކުންފުނީގެ ފިހާރަތަކުން ނުލިބޭ އެތައް ބައިވަރު ޕްރޮޑަކްޓުތަކެއް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ. އަދި އެއްވައްތަރަކުން ކަސްޓަމަރުންނަށް ހިޔާރުކޮށްލަން، އެޑިޑާސް ބްރޭންޑުގެ ގިނަ ވެރައިޓީތައް އެ ފިހާރައިން ލިބެން ހުންނާނެ ކަމަށެވެ.
ސޮނީ ސްޕޯޓްސް އިން މިރޭ ހުޅުވި އެޑިޑާސް ފިހާރަ. -- ފޮޓޯ: އިޔާން / އަދަދު
"ސޮނީ ލައިފް ސްޓައިލްގައި ވިއްކަމުން އައި އެޑިޑާސް ޕްރޮޑަކްޓުތަކަށް ވުރެ އިތުރުވާނެ ވެރައިޓީސް މިތަނުގައި، ދެން މިފިހާރައަށް އަޅުގަނޑުމެން މި ތައާރަފު ކުރަނީ އެޑިޑާސް އޮރިޖިނަލްސް،" ސޮނީ ސްޕޯޓްސްގެ އޮފިޝަލް ވިދާޅުވި އެވެ.
އެޑިޑާސް އޮރިޖިނަލްސް އަކީ އެޑިޑާސްގެ ލައިފްސްޓައިލް އާއި ފެޝަން އަށް ހާއްސަ ބުރޭންޑެވެ. އޭގެ ތެރޭގައި ހަވީރު އަރާ ބޫޓާއި ފެޝަން ހެދުމާއި ދަބަހާއި ތޮފި ވެސް ހިމެނެ އެވެ.
ސޮނީ ސްޕޯޓްސް އިން މިރޭ ހުޅުވި އެޑިޑާސް ފިހާރަ -- ފޮޓޯ: އިޔާން / އަދަދު
އެޑިޑާސްގެ ފިހާރައިން އެންމެ ފާހަގަކޮށްލެވޭ އެއް ޕްރޮޑަކްޓަކީ އޮރިޖިނަލްސްގެ "ކޯޓް ޓުރީނޯ" ބޫޓެވެ. އެ ބޫޓަކީ ރީސައިކަލް ކުރާ ސާމާނު ބޭނުންކޮށްގެން އުފައްދާފައިވާ ބޫޓެކެވެ. އާދައިގެ ޑިޒައިންތަކަށް ލޯބި ކުރާ މީހުންނަށް މި ބޫޓު ވަރަށް ކަމުދާނެ ކަމަށް ސޮނީ ސްޕޯޓްސް އިން ބުނެ އެވެ.
އެޑިޑާސް ފިހާރަ ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެނދުރު 12:00 އަށް އަދި މެންދުރުފަހު 2:00 އިން އިރުއޮއްސި 6:00 އަށެވެ. ރޭގަނޑު އެ ފިހާރަ ހުޅުވާނީ 8:00 އިން 10:00 އަށެވެ.
ސޮނީ ސްޕޯޓްސް އިން އަލަށް ހުޅުވި ފިހާރައިގެ އިތުރުން ސޮނީ ސްޕޯޓްސް ލައިފްސްޓައިލް، ސޮނީ ސްޕޯޓްސް ކިޑްސް، ރާޅު ބައި ސޮނީ ސްޕޯޓްސް، ޕޫމާ އަދި މެންގޯ ވެސް ހިންގަމުންދެ އެވެ.
Comment