Advertisement

އެމްއެޗްއޭގެ ޝޮޕް އެންޑު ވިން ޕްރޮމޯޝަނުގެ ނަސީބުވެރިޔާ ހޮވައިފި

5 ޖަނަވަރީ 2023 - 18:22 0

މަޖީދީ މަގުގައި ހުންނަ އެމްއެޗްއޭގެ ފިހާރަ -- ފޮޓޯ: އަދަދު


އެމްއެޗްއޭގެ ޝޮޕް އެންޑު ވިން ޕްރޮމޯޝަނުގެ ނަސީބުވެރިޔާ ހޮވައިފި

5 ޖަނަވަރީ 2023 - 18:22 0

އެމްއެޗްއޭއިން ކުރިއަށް ގެންދިޔަ ޝޮޕް އެންޑު ވިން ޕްރޮމޯޝަނުން އައިފޯނު14 ޕްރޯ ލިބޭ ނަސީބުވެރިޔާ ހޮވައިފި އެވެ.

މިދިޔަ ނޮވެމްބަރު އަށްވަނަ ދުވަހުން ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުގެ ނަސީބުވެރިއަކަށް ހޮވުނީ އަހުމަދު ފަތީ އެވެ. އެ ޕްރޮމޯޝަނުގައި ޖުމްލަ 4500 ކަސްޓަމަރުން ބައިވެރިވެފައިވާ ކަމަށް އެ ފިހާރައިން މައުލޫމާތު ދެއެވެ.

އެ ލަކީޑުރޯ ނެގުނީ ޕްރޮމޯޝަނުގެ މުއްދަތުގެ ތެރޭގައި އެމްއެޗްއޭގެ ފިހާރަތަކުން ވިޔަފާރި ކުރުމަށްފަހު އެމްއެޗްއޭ ރިވާޑްސް ޕުރޮގުރާމުގައި ބައިވެރިވި ކަސްޓަމަރުންގެ މެދުގަ އެވެ.

އެމްއެޗްއޭ ރިވާޑްސް ޕުރޮގުރާމަށް ރެޖިސްޓަރީ ކުރާ ފަރާތްތަކަށް ކުރާ ކޮންމެ ވިޔަފާރިއެއްގެ ފަސް ޕަސެންޓު ޕޮއިންޓުގެ ގޮތުގައި ލިބޭނެ އެވެ. އެގޮތުން ލިބޭ ކޮންމެ ޕޮއިންޓަކީ 1ރ. ގެ ގޮތުގައި އެއް އަހަރު ދުވަހުގެ މުއްދަކަށް އެ ފިހާރައިން ވިޔަފާރި ކުރުމުގައި ބޭނުން ކުރެވޭނެ ޕޮއިންޓުތަކެއް ކަމަށް އެ ފިހާރައިން ބުނެ އެވެ.

ޝޮޕް އެންޑު ވިން ޕްރޮމޯޝަނުގެ ނަސީބުވެރިއަކަށް ހޮވުނު އަހުމަދު ފަތީ -- ފޮޓޯ: އެމްއެޗްއޭ


އެއެޗްއޭ ރިވާޑްސް ޕްރޮގުރާމުގައި ބައިވެރިވުމަށް އެމްއެޗްއޭގެ ފިހާރައަކުން ވިޔަފާރި ކުރުމަށްފަހު ފޯނު ނަންބަރާއި ނަން ބުނުމުން ރެޖިސްޓަރީ ކޮށްދޭނެ އެވެ. އެއަށްފަހު އެ ފިހާރަތަކުން ވިޔަފާރި ކުރާ ކޮންމެ ފަހަރަކު ކައުންޓަރުގައި ފޯނު ނަންބަރު ބުނުމުން ރިވާޑުގެ ގޮތުގައި ޕޮއިންޓު ލިބެމުންދާނެ އެވެ. ޕޮއިންޓުގެ މައުލޫމާތު ފޯނަށް ވަގުތުން ލިބޭނެ އެވެ.

ނުވަދިހައިގެ މެދުތެރޭގައި ރެޖިސްޓަރީ ކުރި އެމްއެޗްއޭ ޕްރައިވެޓު ލިމިޓެޑަކީ ރާއްޖޭގެ އެންމެ ފުރަތަމަ އެއް ޕްރައިވެޓު ކުންފުންޏެވެ. އެ ކުންފުންޏަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިމްޕޯޓުކޮށް ހޯލްސޭލް ވިޔަފާރި ކުރާ އެއް ކުންފުންޏެވެ. އެ ކުންފުނީގެ ދަށުން ހިންގާ އެމްއެޗްއޭގެ ދެ ރީޓެއިލް ފިހާރަ ހުންނާނީ މަޖީދީ މަގު ސެންޓުރަލް ގުރޭންޑުގަ އާއި ފަރީދީ މަގު އެފްޑީއައި ކައިރީގަ އެވެ.