Advertisement

ވޯލްޑް ކަޕް ގެއްލުމުން ވީ ދެރަ ހަނދާނުން ނުފޮހެވޭނެ: އެމްބާޕޭ

30 ޑިސެންބަރު 2022 - 14:02 0


ވޯލްޑް ކަޕް ގެއްލުމުން ވީ ދެރަ ހަނދާނުން ނުފޮހެވޭނެ: އެމްބާޕޭ

30 ޑިސެންބަރު 2022 - 14:02 0

ޕެރިސް (ޑިސެމްބަރު 30) - ގަތަރުގައި މި އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި ބަލިވެ، ފްރާންސަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން ލިބުނު ދެރަ ހަނދާނުން ދުވަހަކު ވެސް ނުފޮހެވޭނެ ކަމަށް ފްރާންސްގެ ޒުވާން ފޯވަޑް ކީލިއަން އެމްބާޕޭ ބުނެފި އެވެ.

ފައިނަލްގައި އެމްބާޕޭ ހެޓްރިކެއް ހެދި ނަމަވެސް، އާޖެންޓީނާ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެ، ފްރާންސަށް ވަނީ ވޯލްޑް ކަޕްގެ ތަށި ދިފާއުކުރުމުގެ ފުރުސަތު ގެއްލިފަ އެވެ. ފްރާންސް އިން ތަށި ދިފާއުކުރިނަމަ އެ ޓީމު ވެގެންދާނީ 60 އަހަރު ތެރޭ އެކަން ހާސިލްކުރާނެ ފުރަތަމަ ގައުމަށެވެ.

"ފައިނަލްގެ ނާކާމިޔާބީ ދުވަހަކު ވެސް ހަނދާން ނުނެތޭނެ،" ފްރާންސް ލީގުގައި ސްޓްރަސްބޯ އަތުން 2-1 އިން ޕީއެސްޖީ މޮޅުވި މެޗަށް ފަހު އެމްބާޕޭ ބުންޏެވެ.

ވޯލްޑް ކަަޕްގެ ބްރޭކަށް ފަހު ޕީއެސްޖީ އަށް ކުޅުނު ފުރަތަމަ މެޗުގައި ސްޓްރަސްބޯ ކޮޅަށް އެމްބާޕޭ ވަނީ ލަނޑު ޖަހައިފަ އެވެ.

އެމްބާޕޭ ބުނީ ވޯލްޑް ކަޕްގެ ނާކާމިޔާބާ ގުޅިގެން ކިތަންމެ ހިތް ދަތިވިޔަސް، ކްލަބު ކެރިއަރަށް އޭގެ އަސަރު ނުފޯރާނެ ކަމަށެވެ.

"ގައުމީ ޓީމުގެ ނާކާމިޔާބީގެ ސަބަބުން ކުރާ އަސަރު ކްލަބުން ފެނިގެންނުވާނެ. އެއީ އަހަރެން އެހެން ކުޅުންތެރިން ގާތުގައި ވެސް ބުނި ވާހަކައަކީ," އެމްބާޕޭ ބުންޏެވެ. "ކްލަބަށް އެނބުރި އައިސް، އަހަރެންގެ ލަނޑާއެކު މޮޅުވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް."

މި އަހަރުގެ ވޯލްޑް ކަޕްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ލިބުނީ އެމްބާޕޭ އަށެވެ. އޭނަ ވަނީ ވޯލްޑް ކަޕްގައި ޖުމްލަ އަށް ލަނޑު ޖަހައިފަ އެވެ.