Advertisement

އެއްކޮށް ފިޓްނުވަނިސް އެމްބާޕޭ ދެން ނުކުޅޭނެ

about 2 hours 0


އެއްކޮށް ފިޓްނުވަނިސް އެމްބާޕޭ ދެން ނުކުޅޭނެ

about 2 hours 0

މެޑްރިޑް (ޖެނުއަރީ 17) - ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާްންސްގެ ކެޕްޓަން، ކީލިއަން އެމްބާޕޭގެ ފިޓްނަސް އެއްކޮށް ރަނގަޅުނުވަނިސް ދެން މެޗެއްގައި ނުކުޅެން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރިޕޯޓްތައް ބުނާގޮތުން، އުމުރުން 27 އަހަރުގެ އެމްބާޕޭ މިހާރު ކުޅެމުން އަންނަނީ ކަކުލަށް ލިބިފައިވާ އަނިޔާއަކުން އެއްކޮށް ރިކަވާނުވެ އެވެ.

އެ ގޮތުން، ޑިސެމްބަރު 31 ވަނަ ދުވަހު ކަކުލުގެ އަނިޔާ އަށް ފަރުވާ ހޯދަން އެމްއާރްއައި އެއް ހެދި އެމްބާޕޭ ވަނީ 11 ދުވަސް ފަހުން ސްޕެނިޝް ސުޕަ ކަޕް މެޗުގެ ބަދަލު ކުޅުންތެރިއަކަށް ބާސެލޯނާއާ ދެކޮޅަށް ކުޅެން ނުކުމެފަ އެވެ. ބާސެލޯނާ އަތުން އެ މެޗުގައި ރެއާލް ބަލިވިއިރު، ފިޓްނުވެ އެ މެޗު ކުޅެވުމުގެ މާޔޫސްކަަން އެމްބާޕޭގެ ނެެތެވެ.

އެކަމަކު، ރިޕޯޓްތައް ބުނާގޮތުން، އެމްބާޕޭ، ދެން ރެއާލްގެ މެޗަކުން ފެންނާނީ ކަކުލުގެ އަނިޔާ އިން އެއްކޮށް ރިކަވާވެ، 100 ޕަސެންޓް ފިޓްނަސް އަށް އައުމުންނެވެ. މި އަހަރަކީ ވޯލްޑް ކަޕް އަހަރެއް ކަމަށްވާތިވެ، ފިޓްނަސް ރަނގަޅަށް ހުންނަން އެމްބާޕޭ ހާއްސަ އަހައްމިއްޔަތުކަމެއް ދޭ ކަމަށް ފްރާންސްގެ ލެކިއުޕޭ ނޫހުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ސްޕެނިޝް ކަޕްގައި ދެ ވަނަ ޑިވިޝަނުގެ އަލްބަސެޓޭ އަތުން ރެއާލް ބަލިވެ މުބާރާތުން ކެޓި މެޗުގައި އެމްބާޕޭ ނުކުޅެ އެވެ. އަދި، ސްޕެނިޝް ލީގުގައި ލެވަންޓޭއާ ކުޅޭ މެޗުގައި އެމްބާޕޭ ނުފެންނާނެ ކަމަށް ބެލެވޭއިރު، ޗެމްޕިއަންސް ލީގުގައި މޮނާކޯއާ ދެކޮޅަށް ނުކުންނަ މެޗަށް ވެސް އެމްބާޕޭ ފިޓްވުމުގެ އޮތީ ކުޑަ ފުރުސަތެކެވެ.

އެމްބާޕޭ ވަނީ މި ސީޒަނުގެ މިހާތަނަށް ކުޅުނު 25 މެޗުން 29 ލަނޑުޖަހައި، ފަސް ލަނޑު ޖަހަން ފުރުސަތު ހޯދައިދީފަ އެވެ.