about 2 hours 0
about 2 hours 0
ލުއާންޑާ، އެންގޯލާ (ޑިސެމްބަރު 26) - ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސް ގައުމީ ޓީމުގެ މިޑްފީލްޑަރު، އެޑުއާޑޯ ކަމަވިންގާ، އުފަން ގައުމު ކަމަށްވާ އެންގޯލާގައި އެކަޑަމީއެއްގެ މަސަކަތް ފަށައިފި އެވެ.
އެންގޯލާގެ ރެފިއުޖީ ކޭމްޕެއްގައި، 2002 ވަނަ އަހަރު އުފަންވި ކަމަވިންގާ، ފްރާންސް އަށް ދިރިއުޅެން ބަދަލުވީ އާއިލާއާ އެކު އުމުރުން ދެ އަހަރުގަ އެވެ. ކަމަވިންގާގެ އާއިލާ ރެފިއުޖީ ހާލަތަށް އައީ ކޮންގޯގެ ސިވިލް ވޯ ތެރޭގަ އެވެ.
އުމުރުން 11 އަހަރުގައި ފްރާންސްގެ ކްލަބް ރެން އިން ފުޓްބޯޅައިގެ ފުރަތަމަ ޕްރޮފެޝަަނަލް ފިޔަވަޅު އެޅި، ކަމަވިންގާ ބޮޑަށް ފާހަގަވާން ފެށީ، މީގެ ހަތަރު އަހަރު ކުރިން 35 މިލިއަން ޑޮލަރަށް ރެއާލަށް ސޮއިކުރި ފަހުންނެވެ.
ކްރިސްމަސް ބްރޭކުގައި، ކަމަވިންގާ، 23، އާއިލާއާ އެކު އެންގޯލާގެ ލުއާންޑާ އަށް ކުރި ދަތުރުގައި، އެ ގައުމުގެ ސްޕޯޓްސް މިނިސްޓްރީއާ ބައްދަލުކުރުމަށް ފަހު ވަނީ، ފުޓްބޯޅަ ސްކޫލެއްގެ ސިފައިގައި އެކަޑަމީއެއް ފަށަން ނިންމައިފަ އެވެ.
"އަހަރެން މި ގައުމުގައި އެކަޑަމީއެއްގެ މަސައްކަތް ފަށައި، ކުދިންނަށް ސްކޫލެއްގެ ފުރުސަތު ދޭން ބޭނުންވީ، މި ގައުމު އަހަރެންގެ އުމުރުން އެހާ ހަނގުއިރު އެ ކޮށްދިން ކަންތަކުގެ ބަދަލެއް ދޭން،" ކަމަވިންގާ ބުންޏެވެ. "މިއީ އަހަންނަށް ހާއްސަ އުފަލެއް ލިބޭ ކަމެއް. އަހަރެންގެ އާއިލާ ފަހުރުވެރިވާނެ ކަމެއް. އަހަރެން ވަރަށް ހިތްހަަމަޖެހިފައި މި ހުރީ ޑިވެލޮޕްމަންޓަށް މި ވަރުގެ ކަމެއް އަހަންނަށް ކޮށްދެވޭތީވެ،"
ކަމަވިންގާ އަށް ފްރާންސް ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ފަހިވީ 2019 ވަނަ އަހަރު އެވެ. ކޮންގޯގެ ޔޫތު ޓީމަކަށް ކަމަވިންގާ ނެގިތާ ހަ ދުވަސް ފަހުން، ފްރާންސްގެ 21 އަހަރުން ދަށުގެ ޓީމުން ރަސްމީކޮށް ކަމަވިންގާ އަށް ފުރުސަތު ދީ، ފްރާންސް ތަމްސީލްކުރުމުގެ ފުރުސަތު ހޯދައިދިނެވެ.
Comment