about 2 hours 0
about 2 hours 0
މެޑްރިޑް (މާޗް 2) - މި ވަގުތު ކުޅުމާ ދުރުގަައި ހުރި ފްރާންސްގެ ފޯވާޑް، ކީލިއަން އެމްބާޕޭގެ އަނިޔާއާ ގުޅޭގޮތުން ތަފްސީލީ މައުލޫމާތުތަކެއް ދެވެން ނެތް ކަމަށް ރެއާލްގެ ކޯޗު އަލްވާރޯ އާބެލޯއާ ބުނެފި އެވެ.
އެމްބާޕޭ، 27، ގެ ކަކުލަށް ލިބުނު އަނިޔާއަކާ ހެދި ޗެމްޕިއަންސް ލީގުގެ ނޮކައުޓް ޕްލޭއޮފްގެ ދެ ވަނަ ލެގުގައި ރެއާލުން ބެންފީކާ ބަލިކުރި މެޗުގައި ނުކުޅެ އެވެ. އަދި، ސްޕެނިޝް ލީގުގައި ކުރިއަށް އޮތް ލެވަންޓޭއާ ދެކޮޅަށް ރެއާލުން ކުޅޭ މެޗު ވެސް އެމްބާޕޭ އަށް ގެއްލޭނެ ކަމަށް އާބެލޯއާ ވަނީ ބުނެފަ އެވެ.
އެއާ އެކު، އެމްބާޕޭގެ އަނިޔާއާ ގުޅޭގޮތުން، ނޫސްވެރިން ގިނަ ސުވާލުތަކެއް އާބެލޯއާ އަށް އަމާޒުކޮށް ކުރި އެވެ.
"ޔަގީންކަމެއް އަހަރެމެން ބޭނުންވީ އެމްބާޕޭ 100 ޕަސެންޓް ފިޓްކޮށް އަންނަން. އެ ވިސްނުމަށް ބަލަންޏާ އެމްބާޕޭ އަނިޔާ އިން ރިކަވާވެ، އެ ލެވަލްގައި ކުޅެވޭ މިންވަރަށް ދިޔަހާ އަވަހަކަށް މެޗުތަކަށް އެނބުރި އަންނާނެ،" އާބެލޯއާ ބުންޏެވެ.
އެމްބާޕޭ އަށް ކިތަން މެޗު ގެއްލޭނެތޯ އަދި ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ ގަދަ 16 ބުރުގެ މެޗަށް އެމްބާޕޭ ފިޓްވާނެތޯ އެހުމުން، އާބެލޯއާ ވަނީ، "އަނިޔާއާ ގުޅޭ ތަފްސީލީ މައުލޫމާތު ދެވޭ ވަރަށް އޭނާ އަށް ކިޔައިނުދެވޭނެ ގޮތެއް ނެތް،" ކަމަށް ބުނެފަ އެވެ.
މި ސީޒަނުގައި ރެއާލަށް އެންމެ ގިނަ ގޯލުޖަހައިދިނީ އެމްބާޕޭ އެވެ. ހުރިހާ މުބާރާތެއްގައި ކުޅުނު 33 މެޗުން 38 ލަނޑު ޖެހި އެމްބާޕޭ ވަނީ، ހަ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
Comment