Advertisement

އުރީދޫ ފުޓުބޯޅަ ފޯރި؛ ތަފާތެއް ނެތި ގަތަރުން ރާއްޖެއަށް

31 ޑިސެންބަރު 2022 - 13:18 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ނިމިގެންދިޔަ ވޯލްޑުކަޕުގެ ފައިނަލް މެޗު ބެލުމަށް އާޓިފިޝަލް ބީޗަށް އެއްވެ ތިބި ސަޕޯޓަރުން -- ފޮޓޯ: އިޔާން / އަދަދު


އުރީދޫ ފުޓުބޯޅަ ފޯރި؛ ތަފާތެއް ނެތި ގަތަރުން ރާއްޖެއަށް

31 ޑިސެންބަރު 2022 - 13:18 0

"އާޖެންޓީނާ ސަޕޯޓު ކުރަނީ، މިތަނުގައި ވަރަށް މަޖާ ވަނީ، ގިނަ ބަންގުލަދޭޝް މީހުން މިތަނުގައި މެޗު ބަލަނީ،"

މިއީ ވޯލްޑުކަޕުގެ މެޗުތައް ބަލަން އާޓިފިޝަލް ބީޗަށް އެއްވި އެތައް ސަތޭކަ މީހުންގެ ތެރެއިން އެންމެ މީހެއްގެ ޝުއޫރެވެ. ފާއިތުވި މަހެއްހައި ދުވަހު މުޅި އެ މާހައުލު ފެނުނީ ވަރަށް ހަލަބޮލިކޮށެވެ. ކޮންމެ ރެޔަކު ވެސް މެޗުތައް ބަލަން އެ ސަރަހައްދަށް އެއްވާ ދޭސީންނާއި ބިދޭސީންގެ ހަޅޭކާއި ފޯރީގެ އަޑުން މުޅި އެތަން އެކީއެކަށް ގުގުމާލަ އެވެ.

އެ ފޯރި އާއި ޖޯޝު ފެނުނީ ހަމައެކަނި މާލޭގެ އާޓީފިޝަލް ބީޗަކުން ނޫނެވެ. ތުރާކުނުން ފެށިގެން ގޮސް އައްޑޫއާ ހަމައަށް ވެސް ފެތުރިފައި އޮތީ ފުޓުބޯޅަ ފޯރި އެވެ. ފެންނަމުން ދިޔައީ އެކި ކުލަކުލައިގެ ދިދަފަތިތަކާއި ތަފާތު އެކި ރަހަތަކުގެ ސުފުރާތަކެވެ. އެއްބައިވަންތަކަމާއި އެކުވެރިކަމެވެ. ވަކި ޖިންސަކަށް ވަކި އުމުރަކަށް ހާއްސަ ކަމެއް ނެތެވެ.

ރ. ގައި އުރީދޫއިން ގާއިމު ކުރި ފޭންޒޯނުގައި އެ ރަށުގެ ކުދިބޮޑު މީހުން މެޗު ބަލަނީ -- ފޮޓޯ: ސޯޝަލް މީޑިއާ


ފުޓުބޯޅައަކީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ވެސް އެންމެ ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދާފައިވާ ކުޅިވަރެވެ. މިކުޑަ ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ވެސް އެ ކުޅިވަރަށްޓަކައި މަރުދޭ ބަޔެކެވެ. އެ ފޯރި އެންމެ ގަދަވަގެންދާ އެއް ދުވަސްވަރަކީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު އަންނަ ފުޓުބޯޅައިގެ އީދެވެ. 1986 ވަނަ އަހަރުން ފެށިގެން ދިވެހިން ގަވާއިދުން ބަލަމުން އަންނަ ވޯލްޑުކަޕަކީ އެއްވެސް ފޫހިކަމެއް ނެތި އެންމެ ގިނަދުވަސް ވަންދެން ދިވެހިން ބަލަމުން އަންނަ މުބާރާތެވެ.

ރާއްޖެއަށް އެ މުބާރާތް ފެންނަން ފެށިފަހުން ކުޅުނު މުބާރާތްތަކުގެ ތެރެއިން އެންމެ ގިނަ ބަޔެއްގެ ލޭ ކައްކުވާލި މުބާރާތަކަށް މިފަހަރުގެ ވޯލްޑުކަޕު ވާނެ އެވެ. އެންމެ ބޮޑު އެއް ސަބަބަކީ މުބާރާތް ބޭއްވި ގަތަރާއި ރާއްޖެއާ ގަޑީގެ ގޮތުން މާބޮޑު ތަފާތެއް ނެތުމެވެ. އަނެއްކޮޅުން ގަތަރަކީ މެދުއިރުމަތީގައި އޮތް ކަމުގައިވިޔަސް އަޚުވަންތަކަމުގެ ގޮތުން އަހަރުމެންނާ އެއްބަޔެއް ކަމުގައި ދެކުމެވެ.

ތ. ކަނޑޫދޫގައު އުރީދޫއިން ގާއިމު ކުރި ފޭންޒޯނުގައި އެ ރަށު ޒުވާނުން ކެއުމަކަށް އިންސާފު ކުރަނީ -- ފޮޓޯ: ސޯޝަލް މީޑިއާ


ސަބަބުތައް މިހެން ހުރުމާ އެކު، ގަތަރުގެ ދަނޑުތަކުގައި ޖަހަމުން ދިޔަ ބެރުތަކުގެ އަޑު ރާއްޖެއާ ހަމައަށް ފޯރުކޮށްދިނުމުގެ ޒިންމާ އަދާރުމަށް އިސްނެގީ އުރީދޫ މޯލްޑިވްސް އެވެ. އެ ކުންފުންޏަކީ ވެސް ގަތަރުގެ ކުންފުންޏަކަށްވެފައި ފުޓުބޯޅަ އަކީ ދިވެހިންގެ ލޭގެ ވިންދު އަވަސްކޮށްލާ ކުޅިވަރެއް ކަމަށް ވާތީ އެވެ.

މީގެ ދެދުވަސް ކުރިން އަހަރެން ހުރީ ގަތަރުގައި، މުޅިން ތަފާތު އިހުސާސެއް އަހަންނަށް ކުރުވީ، އަހަރުމެން ބޭނުން ވަނީ އެ ފޯރި ރާއްޖޭގައި ވެސް ހިއްޕާލަން، ތަފާތު ގޮތެއްގައި ވޯލްޑުކަޕު ކުލަ ގަދަ ކޮށްލަން،"

މިއީ ގަތަރުގައި އޮތް ފީފާ ވޯލްޑް ކަޕު ފެށުމުގެ ކުރިން ދިވެހިރާއްޖޭގައި ފުޓުބޯޅަ ފޯރި ހިއްޕާލުމަށް އުރީދޫއިން ކުރިއަށް ގެންދިޔަ 'އުރީދޫ ފުޓުބޯޅަ ފޯރި' ކެމްޕެއިން ފެށުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުރީދޫގެ މެނޭޖިން ޑީރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވީ ވައުދެކެވެ.

އެ ވައުދާ އެއްގޮތަށް އެ ކުންފުނިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފޭން ޒޯނުތައް ގާއިމުކޮށްދިނެވެ. އެ ކުންފުނީގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ތެރެއިން ނަސީބުވެރިންނަށް ހަމަލޮޮލުން މެޗުތައް ބަލާލުމުގެ ފުރުސަތު ދިނެވެ. އޭގެއިތުރުން ވެސް އަގުހުރި އެތައް އިނާމެއް ނަސީބުވެރިންނަށް ދިނެވެ. އަދި މުޅި ރާއްޖެއަށް ހުޅުވާލައިގެން "ފީފާ23" މުބާރާތެއް ކުރިއަށް ގެންދިޔަ އެވެ.

މ. މަޑުއްވަރީގައި އުރީދޫއިން ގާއިމު ކުރި ފޭންޒޯނުގައި އެ ރަށު ރައްޔިތުން މެޗު ބަލަނީ -- ފޮޓޯ: ސޯޝަލް މީޑިއާ


އެ މުބާރާތް ނިމިގެންދިޔައެއް ކަމަކު އުރީދޫ އިން އަހަރުމެންނަށް އެ ގެނެސްދިން ފުޓުބޯޅަ ފޯރި އަދިވެސް ފިލައިގެނެއް ނުދެ އެވެ. އަދިވެސް، ފޭންޒޯނުތައް ހުރި ސަރަހައްދުތަކުން ގެނުވަނީ އެ ހަނދާންތަކެވެ. ކުރުވަނީ އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ އެންމެންނަށް ގެނެސްދިން ފުޓުބޯޅަ ފޯރީގެ އިހުސާސެވެ. ދޭސީއެއް ބިދޭސީއެއް ފަރަގެއް ނެތި އެވެ.

ކުރަން ކިތަންމެ އުނދަގޫ ކަމެއް ކަމުގައި ވީނަމަވެސް އުރީދޫއިން އަހަރުމެންނަށް ވީ ވައުދު ފުއްދައިފި އެވެ. ގުރޫޕު ސްޓޭޖުން ފެށިގެން ގޮސް ފައިނަލުގައި އާޖެންޓީނާ ތަށި އުފުލާލުމާ ހަމައަށް ވެސް ރާއްޖޭގެ ޖައްވުގައި އޮތީ ފުޓުބޯޅަ ފޯރި އެވެ. ޝައްކެއް ނެތް ގޮތުގައި ހުރިހާ ޝުކުރެއް އޮތީ އުރީދޫ މޯލްޑިވްސް އަށެވެ.