Advertisement

މުސާރައާ އެކު ސަސްޕެންޑުކޮށްފައި ބެހެއްޓުމަށްފަހު ރިޔާޒް ޓްރާންސްޕޯޓް މިނިސްޓްރީއަށް

25 ޑިސެންބަރު 2022 - 11:43 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް އަހުމަދު ރިޔާޒް: ހަ މަސް ދުވަހުގެ ސަސްޕެންޝަނަކަށް ފަހު އޭނާ ވަނީ ޓްރާންސްޕޯޓަށް ބަދަލުކޮށްފައި---


މުސާރައާ އެކު ސަސްޕެންޑުކޮށްފައި ބެހެއްޓުމަށްފަހު ރިޔާޒް ޓްރާންސްޕޯޓް މިނިސްޓްރީއަށް

25 ޑިސެންބަރު 2022 - 11:43 0

އެޑިއުކޭޝަން މިނިސްޓަރުގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް ހަތް މަސް ދުވަހު ސަސްޕެންޝަނުގައި ބެހެއްޓުމަށްފަހު، ޓްރާންސްޕޯޓު މިނިސްޓްރީއަށް ބަދަލުކޮށްފި އެވެ.

މި ނޫހުން ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ ރިޔާޒް ޓްރާންސްޕޯޓަށް ބަދަލުކުރީ ސަސްޕެންޝަން އުވާލުމަށްފަހުގަ އެވެ.

ރިޔާޒް އެޑިއުކޭޝަން މިނިސްޓްރީން ސަސްޕެންޑު ކުރުމަށް ރައީސް އޮފީހުން މިނިސްޓްރީއަށް އަންގާފައިވަނީ މިދިޔަ މެއި މަހުގެ ފަހުކޮޅު އެވެ. ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑުކުރި ކަން ހާމަކުރި ނަމަވެސް އެއީ ކޮން މައްސަލައެއްކަން އެއިރު ހާމަ ކޮށްފައިނުވެ އެވެ.

އެހެންނަމަވެސް ސަރުކާރުގެ އިސް އޮފިޝަލަކު އެއިރު ވިދާޅުވި ގޮތުގައި އޭނާ ސަސްޕެންޑުކުރީ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއްގަ އެވެ. އެގޮތުން ދެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު ވަނީ ކުރެވިފައިވެ އެވެ.

އެހެންނަމަވެސް މިއުވާން މިއަދު ވިދާޅުވީ ރައީސް އޮފީހުން ބަލާފައިވަނީ އޭނާގެ ޖިންސީ ފުރައްސާރައާ ގުޅޭ މައްސަލައެއް ނޫން ކަމަށެވެ.

މުސާރަ ލިބޭ ގޮތަށް ސަސްޕެންޝަނުގައި ހުންނެވި ހަތް މަސް ދުވަހު އަސާސީ މުސާރަ އާއި އެލަވަންސްތަކުގެ ގޮތުގައި މަހަކު 25،000 އަށް ވުރެ ގިނަ ރުފިޔާ ދީފައިވެ އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީއަށް ރިޔާޒު ބަދަލުކޮށްފައިވަނީ ކުރިން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ޝިމާޒު އަލީ ޔޫތު މިނިސްޓްރީއަށް ބަދަލުކުރުމަށްފަހުގަ އެވެ.