Advertisement

ކެމިކަލް ހަތިޔާރު ގެންގުޅޭނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތް ހަދައިފި

18 ޑިސެންބަރު 2022 - 12:57 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ކެމިކަލް ގުދަނެއްގައި ރޯވެ މާލޭގައި 2019 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާ--- ފޮޓޯ: މުހައްމަދު ވިޝާމް/ އަދަދު


ކެމިކަލް ހަތިޔާރު ގެންގުޅޭނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތް ހަދައިފި

18 ޑިސެންބަރު 2022 - 12:57 0

ކެމިކަލް ހަތިޔާރު ގެންގުޅޭ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގާނޫނު ތަސްދީގުކޮށް މިއަދު ގެޒެޓުކޮށްފި އެވެ.

ރާއްޖޭގައި ކެމިކަލް ހަތިޔާރު ތައްޔާރުކުރުމާ، އުފެއްދުމާ، ރައްކާކުރުމާ، ބޭނުންކުރުން މަނާކުރުމާ އެތަކެތި ނައްތާލުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް މި ގާނޫނުގައި ވަނީ ބަޔާންކޮށްފަ އެވެ.

ކެމިކަލް ގެންގުޅުން ހުއްދަވާ ހާލަތްތަކާއި، ލައިސަންސަކާ ނުލާ ގެންގުޅޭނަމަ އަދަބުގެ ކުޑަ ބޮޑު މިނަށް ބަލައި އެމީހަކު ޖޫރިމަނާ ކުރުން ނުވަތަ ޖަލަށް ލުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ދީފައިވެ އެވެ.

ގާނޫނުގައި ވަނީ އެ ކުށްތަކަށް ވަނީ ފަސް ލައްކަ ރުފިޔާއިން ފެށިގެން އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށް ނުވަތަ ފަސް އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމުގެ ބާރު ދީފަ އެވެ.

މި ގާނޫނު ތަންފީޒު ކުރުމަށްޓަކައި 'ކެމިކަލް ވެޕަންސް ޔުނިޓް' ގެ ނަމުގައި ހާއްސަ ޔުނިޓެއް އުފައްދަން ޖެހޭނެ އެވެ. ގާނޫނުގެ ދަށުން ދޫކުރަން ޖެހޭ ލައިސަންސާއި ރެޖިސްޓްރޭޝަންތައް ދޫކުރުމުގެ ހުރިހާ މަސައްކަތެއް ކުރާނީ މި ޔުނިޓުގެ ދަށުންނެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.

ކޮމެޓީ މަރުހަލާގައި މި ބިލު ކެމިކަލް ހަތިޔާރު މަނާކުރުމާ ގުޅޭ ބައިނަލްއަގްވާމީ މުއާހަދާ ކަމުގައިވާ 'ކޮންވެންޝަން އޮން ދަ ޕްރޮހިބިޝަން އޮފް ދަ ޑިވެލޮޕްމަންޓް، ޕްރޮޑަކްޝަން ސްޓޮކްޕައިލިންގް އެންޑް ޔޫޒް އޮފް ކެމިކަލް ވެޕަންސް އެންޑް ދެއާ ޑިސްޓްރަކްޝަން 1993' ގައި ބަޔާން ކޮށްފައިވާ އުސޫލުތަކާ އެއް ހަމަ ކުރުމުގެ ގޮތުން އިސްލާހުތަކެއް ގެނެސްފައި ވެއެވެ.