Advertisement

ނެޝަނަލް ބޯޓިން އެސޯސިއޭޝަނުގެ ތިން އެވޯޑެއް އެލިއާއަށް

14 ޑިސެންބަރު 2022 - 12:36 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

އެލިއާ އިންވެސްޓުމެންޓާއި އެކުންފުނިން ސޯލް ޑިސްޓްރިބިއުޓް ކުރާ ޔަމަހާއަށް ވަނީ ތިން އެވޯޑެއް ލިބިފައި -- ފޮޓޯ: އެލިއާ އިންވެސްޓުމެންޓް


ނެޝަނަލް ބޯޓިން އެސޯސިއޭޝަނުގެ ތިން އެވޯޑެއް އެލިއާއަށް

14 ޑިސެންބަރު 2022 - 12:36 0

ނެޝަނަލް ބޯޓިން އެސޯސިއޭޝަން މޯލްޑިވްސް އިން ކޮންމެ އަހަރަކު ދެމުން އަންނަ "ނެޝަނަލް ބޯޓިން އެވޯޑްސް"އިން އެލިއާ އިންވެސްޓުމެންޓަށް އަދި ޔަމަހާއަށް ތިން އެވޯޑެއް ލިބިއްޖެ އެވެ.

ޔަމަހާ ބްރޭންޑުގެ ސައިކަލާއި، އައުޓް ބޯޑު އިންޖީނާއި ވޯޓާ ވެހިކަލްގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރު، އެލިއާ އިންވެސްޓްމެންޓަށް ވަނީ އަހަރުގެ އެންމެ މަޤުބޫލު މެރިން އައުޓްބޯޑު އިންޖީނާއި، މެރީން އިންޖިނީއަރިން ސާވިސް ޕްރޮވައިޑާ އެވޯޑުގެ އިތުރަށް އެންމެ ރަނގަޅު އާފްޓަ ސޭލްސް ސާވިސް ޕްރޮވައިޑާ އެވޯޑް ލިބިފަ އެވެ.

ބޯޓިން އެވޯޑަކީ ރާއްޖޭގެ މެރިން ދާއިރާގައި މަސައްކަތް ކުރާ އަދި މި ދާއިރާގައި ހިދްމަތްދޭ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެވޯޑެކެވެ.


އެލިއާއަކީ ދަތުރުފަތުރުކުރުމުގެ ދާއިރާގައި ދިވެހި ކަނޑުތަކަށް އިންގިލާބެއް ގެނެސްދިން ބައިވެރިއެކެވެ. އެލިއާއިން ރާއްޖެއަށް ޔަމަހާ އައުޓްބޯޑު އިންޖީނުތަށް ތަޢާރަފުކޮށް، ފެންވަރު ރަނގަޅު އާފްޓާ ސޭލްސް ސާވިސްއެއް މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންއަންނަތާ 48 އަހަރެވެ.

ޔަމަހާގެ އައުޓްބޯޑު އިންޖީނުތައް ވަނީ ރާއްޖޭގެ ކަނޑުތަކުގައި ޓެސްޓުކުރެވި، ކަސްޓަމަރުންގެ އިތުބާރު ހޯދާފަ އެވެ. އަދި ކޮންމެ ވަގުތަކުވެސް އިންޖީނުތަކުގެ ސްޕެއަ ޕާޓްސް، ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަ އެލިއާއިން ލިބުމަކީ ޔަމަހާގެ ކަސްޓަމަރުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އެލިއާ އިންވެސްޓުމެންޓުން ފާހަގަކުރެ އެވެ.

އެލިއާ އިންވެސްޓުމެންޓުން ބުނީ ޔަމަހާ އަކީ އިތުބާރު ހިފޭ ބްރޭންޑަކަށް ވުމުގެ އެންމެ ބޮޑު ސިއްރަކީ މެދުކެނޑުމެއްނެތި ލިބެމުންދާ ހިދުމަތްތަކާ ތަޖުރިބާ ހުރި އަދި ޔަމަހާގެ ސެޓިފައިޑް މެކޭނިކުންގެ އިރުޝާދާއި ލަފާ ބޭނުންވާ ކޮންމެ ހިނދެއްގައި ބަރާބަރަށް ލިބުން ކަމަށެވެ.


ޖަޕާނުގެ ޓެކްނިކަލް އެކަޑަމީއިން ތަމްރީނުވެފައި ތިބި އެލިޔާގެ މެކޭނިކުންނަކީ މި ދާއިރާގައި އެތަކެއް އަހަރެއްގެ ތަޖުރިބާ ހާސިލްކޮށްފައިވާ ފަރާތްތަކެކެވެ.

"އެލިޔާގެ މައިގަނޑު އަމާޒަކީ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށްވެސް ފެންވަރު ރަނގަޅު އަދި އަވަސް މެރިން އައުޓްބޯޑު އިންޖިނިއަރިން ސާވިސް ފޯރުކޮއްދިނުމެވެ. އަދި ދިވެހިންގެ މެދުގައި ޔަމަހާއަށް އޮތް ލޯތްބާއި އިތުބާރު ދެމެހެއްޓުމަށްޓަކައި އެލިއާގެ މުވައްޒަފުން ތިބީ ޚިދުމަތް ފޯރުކޮށްދިނުމުގައި ތައްޔާރަށެވެ." އެލިއާ އިންވެސްޓުމެންޓުން ބުންޏެވެ.