މި މައްސަލައިގައި ހައްޔަރުކުރި ފައިސަލް އަލީ--
ހދ. ނޮޅިވަރަމުގައި އިއްޔެ މަރުވެފައި އޮއްވާ ފެނުނު މީހާގެ ފިރިމީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
މަރުވެފައި އޮއްވާ ފެނުނީ އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދު އެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އޭނާގެ ފިރިމީހާ އދ. ފެންފުށީ އަބޫބަކުރު ފައިސަލް އެވެ. ފުލުހުން މިރޭ ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. އަދި އޭނާގެ މައްޗަށް ކުރެވެނީ ކޮން ތުހުމަތެއް ކަން ވެސް ހާމަކޮށްފައިނުވެ އެވެ.
މި މައްސަލައިގައި ފައިސަލް ހައްޔަރުކޮށްފައިވަނީ ހދ. ކުޅުއްދުފުށީގައި ހުއްޓަ އެވެ. އާއިލާ ބައެއް މީހުން ބުނާ ގޮތުގައި އޭނާ ރަށުން ފުރައިގެން ދިޔައީ ކުއްލި ގޮތަކަށެވެ.
ނިޝާމާގެ މަރު އިތުރަށް ތަހުގީގު ކުރުމަށް ޕޯސްޓު މޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފަ އެވެ.
ނިޝާމާ އާއި ފައިސަލްގެ ކުޑަކުޑަ ތިން ކުދިން ތިބެ އެވެ. އެއީ ދެ އަންހެން ކުދިންނާއި ފިރިހެން ކުއްޖެކެވެ.
Comment