Advertisement

ފޮޓޯ ލީކުކުރާނެ ކަމަށް ބުނެ ބިރުދައްކައިގެން އަންހެނަކު ރޭޕްކުރި މީހަކު 20 އަހަރަށް ޖަލަށް

11 ޑިސެންބަރު 2022 - 19:25 2

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން--- ފޮޓޯ: ފައިލް


ފޮޓޯ ލީކުކުރާނެ ކަމަށް ބުނެ ބިރުދައްކައިގެން އަންހެނަކު ރޭޕްކުރި މީހަކު 20 އަހަރަށް ޖަލަށް

11 ޑިސެންބަރު 2022 - 19:25 2

ފޮޓޯތަކެއް ލީކުކޮށްލާނެ ކަމަށް ބުނެ ބިރު ދައްކައިގެން އަންހެނަކު ރޭޕް ކުރި ފިރިހެނަކު 20 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ށ.މިލަންދޫ / ބްލޫހައުސް، ޔޫސުފް ހުސާމްގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް އުފުލައިފަ އެވެ. އެއީ ރޭޕްކުރުމުގެ ދައުވާއާއި ބިރު ދެއްކުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް މުހައްމަދު ވަކިވަކިން ކުރިއަށް ގެންދެވި މި ދެ މައްސަލައިގައި ރޭޕުކުރުމުގެ ކުށުގެ ދައުވާއަށް އޭނާ އިންކާރު ކުރިނަމަވެސް، އެ ދައުވާ ވަނީ ސާބިތުވެފަ އެވެ.

ރޭޕްކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް ހުކުމް ކުރީ 15 އަހަރު ދުވަހަށް ޖަލަށް ލުމަށެވެ. އެހެންނަމަވެސް އޭނާ ބަންދުގައި ތިން އަހަރާއި ދެ މަހާއި ހަ ދުވަސް ހޭދަކޮށްފައިވުމުގެ ސަބަބުން އޭނާގެ ހުކުމުން އެބައި އުނިވާނެ އެވެ.

ހުސާމްގެ މައްޗަށް ބިރު ދެއްކުމުގެ ދައުވާ އުފުލީ އޭނާ ބޭނުންވާ ކަންތައް ނުކޮށްދޭނަމަ، އަންހެން މީހާގެ ފޮޓޯ ފޭސްބުކަށް ލާނެ ކަމަށް ބުނެ ބިރު ދައްކައިގެން ޖިންސީ އަމަލު ހިންގާފައިވާތީ އެވެ. އެ ކަމަށް ވެސް އޭނާ އިންކާރު ކުރި އެވެ.

އެހެންނަމަވެސް ގާޒީ އާދަމް މުހައްމަދު ނިންމެވީ އެ ކުށް ވެސް އޭނާގެ މައްޗަށް ޝައްކެއް ނެތް މިންވަރަށް ސާބިތުވާތީ، ފަސް އަހަރަށް ޖަލަށް ލުމަށެވެ. މި ހުކުމުން ވެސް އޭނާ ބަންދުގައި ހުރި މުއްދަތު އުނިވާނެ އެވެ.