Advertisement

ދިވެހި ކަނޑުމަހުން ޕާސްތާ ސޯސް އުފައްދައި، ބާޒާރަށް ނެރެފި

11 ޑިސެންބަރު 2022 - 08:21 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހޮރައިޒަން ފިޝަރީސް އިން އަލަށް ތައާރަފު ކުރި ޓޫނާ ޕާސްތާ ސޯސް ރަސްމީކޮށް ނެރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ހޮރައިޒަން ފިޝަރީސް


ދިވެހި ކަނޑުމަހުން ޕާސްތާ ސޯސް އުފައްދައި، ބާޒާރަށް ނެރެފި

11 ޑިސެންބަރު 2022 - 08:21 0

ދިވެހި ކަނޑުން ބާނާ މަހުން، ފުރަތަމަ ފަހަރަށް ޕާސްތާ ސޯސް އުފައްދައި، ދަޅުގައި ބަންދުކޮށް ހޮރައިޒަން ފިޝަރީޒް އިން ބާޒާރަށް ނެރެފި އެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން ގދ. ފަރެސްމާތޮޑާގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން މި ސޯސް ރަސްމީކޮށް ނެރެދެއްވީ ފިޝަރީޒް މިނިސްޓަރު، ޑރ. ހުސެއިން ރަޝީދު ހަސަން އެވެ.

ހޮރައިޒަން ފިޝަރީޒްގެ ޖެނެރަލް މެނޭޖަރު، އައިޝަތު ޒައިމާ ވިދާޅުވީ މިފަދަ އުފެއްދުމެއް އުފެއްދުމުގެ ހިޔާލު އައީ، ދިވެހިން އެންމެ ލޯބިކުރާ ކެއުމަކީ ކަނޑުމަސް ކަމަށްވެފައި، ޕާސްތާއަކީ ވިލާތުގެ މަޝްހޫރު ކެއުމަކަށްވީ ނަމަވެސް ދިވެހިން އެ ތައްޔާރު ކުރާއިރު، ކަނޑުމަހާއި ގިތެޔޮ މިރުހާއި ފިޔަލާއި ލޮނުމެދުގެ އިތުރުން ވެސް ތަފާތު ހާބްސްތައް އަޅައިގެން ޕާސްތާ ތައްޔާރު ކުރާތީ ކަމަށެވެ.

އޭނާ ވިދާޅުވީ މި އުފެއްދުމަކި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އިތުރުން ރާއްޖޭން ބޭރުގެ ގައުމުތަކުގައި ވެސް މަގުބޫލު އުފެއްދުމަކަށް ވާނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ. އޭގެ އިތުރުން މިއީ ދިވެހި ރަހަތަކަށް ލޯބި ކުރާ މީހުންނަށް ކާއެއްޗެހި ތައްޔާރު ކޮށްލުމަށް ހުޅުވިގެން ދިޔަ ފަސޭހަ ދޮރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ގިނަ ރެސްޓޯރެންޓުތަކުން ޓޫނާ ޕާސްތާ ސޯސް ތައާރަފުކޮށްފި ނަމަ އެ ރެސްޓޯރެންޓުތަކުގެ ރަހަތަކަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމަށް ފެންނަނީ،" ޒައިމާ ވިދާޅުވި އެވެ.

އަލަށް ތައާރަފު ކުރި ޓޫނާ ޕާސްތާ ސޯސްގެ ރަހަ އާންމުންނަށް ދައްކާލަނީ -- ފޮތޯ ހޮރައިޒަން ފިޝަރީޒް


މި އުފެއްދުން އުފެއްދުމުގެ މަސައްކަތުގައި އެ ކުންފުނިން ވަނީ އެއް އަހަރުގެ މުއްދަތެއް ހޭދަ ކޮށްފަ އެވެ. އެގޮތުން ލެބޯޓަރީގައި ޓެސްޓު ކުރުމާއި އަސްލު ރަހަ ނުގެއްލި ގިނަ ދުވަހު ދަޅުގައި ހަލާކުނުވެ ބެހެއްޓޭ ގޮތްތައް ތަހުލީލު ކުރުމުގެ މަސައްކަތް އެ މުއްދަތުގައި ހޮރައިޒަން ފިޝަރީޒް އިން ކޮށްފައިވެ އެވެ.

ދިވެހި ކަނޑުން ބާނާ ތާޒާ މަހާއި ޓޮމާޓޯ ސޯސް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މި އުފެއްދުމަށް ޕްރިޒަވޭޓިވް އެއް ބޭނުންކޮށްފައި ނުވެ އެވެ. އަދި މި ސޯސް ތައްޔާރު ކޮށްފައި ވަނީ ރަހަ ނުގެއްލި ހަލާކު ނުވާ ގޮތަށް ދެ އަހަރު ދުވަހު ހުންނާނެ ގޮތަށެވެ.

މިއީ މިފަދަ އުފެއްދުމެއް ދިވެހިރާއްޖޭގައި އުފެއްދި ފުރަތަމަ ފަހަރެވެ. އެހެންކަމުން މި ސޯސް އުފައްދާފައި ވާނީ ސިއްހީ އެކި މައްސަލަތައް ހުންނަ މީހުންނަށް ވެސް ބޭނުން ކުރެވޭ ގޮތަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެ ކުންފުނިން އިތުރަށް ބުނީ މި ސޯސް އަޅައިގެން ޕާސްތާ ތައްޔާރުކޮށްލަން ނަގާނީ އެންމެ ފަސް މިނެޓު ކަމަށެވެ. އެއީ ހަމައެކަނި ޕާސްތާކޮޅު ކެކެން ނަގާ ވަގުތު ކަމަށް އެ ކުންފުނިން ބުނެ އެވެ. މި ސޯސް ތައްޔާރުކޮށްފައި ވަނީ ރެޑީ މޭޑްކޮށް ކަމުގައި ވާތީ ޕާސްތާކޮޅު ފެނުކެކުމާ އެކު ސޯސް އެއްކޮށްލައިގެން ބޭނުން ކުރެވޭނެ އެވެ.

މި ސޯސްއަކީ ކުރިއަށް އޮތްތަނުގައި ވަރަށް ޑިމާންޑު ބޮޑު އުފެއްދުމަކަށް ވާނެ ކަމަށް ގަބޫލު ކުރާ ކަމަށާއި މިއީ ވަޒީފާގެ މާހައުލުގައި ބުރަކޮށް އުޅޭ މީހުން ކެއްކުމަށް ހޭދަ ކުރާ ވަގުތު ވަރަށް ބޮޑަށް ކުޑަކޮށްދޭނެ އުފެއްދުމެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ހޮރައިޒަން ފިޝަރީޒް އިން ވަނީ މީގެ ކުރިންވެސް ދިވެހި ކަނޑުމަހުން ތަފާތު އުފެއްދުންތައް އުފައްދައި ބާޒާރަށް ނެރެފަ އެވެ.