Advertisement

މަސްވެރިންގެ މުޒާހަރާއިން ހައްޔަރުކުރި މެންބަރު މައުރޫފްއަށް އައިޖީއެމްއެޗްގައި ފަރުވާ ދެނީ

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލް، މައުރޫފް ޒާކިރު މަސްވެރިންގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރަނީ -- ފޮޓޯ: ސްނެކްޕްޝޮޓް


މަސްވެރިންގެ މުޒާހަރާއިން ހައްޔަރުކުރި މެންބަރު މައުރޫފްއަށް އައިޖީއެމްއެޗްގައި ފަރުވާ ދެނީ

ބޮޑުކަންނެލި މަސްވެރިންގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު މާލެއަށް ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.

މައުރޫފްއަށް ފަރުވާދެމުން އަންނަނީ އައިޖީއެމް ހޮސްޕިޓަލުގެ އެމަޖެންސީ ރޫމްގަ އެވެ. ނަމަވެސް އެނާއަށް ފަރުވާ ދެނީ ކޮން ސަބަބަކާހުރެ ކަމެއް އަދި ނޭނގެ އެެވެ.

ހޮސްޕިޓަލުގައި މި ވަގުތު ހުރި، ވައިކަރަދޫ ދާއިރާގެ މެންބަރު، ހުސެއިން ޒިޔާދު (ފިއްޓޭ) އަދަދު އަށް ވިދާޅުވީ މައުރޫފްގެ މައިބަދައަށް ކޮންމެވެސް ވަރަކަށް އަނިޔާވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"މައިބަދައަށް އަނިޔާވެފައި ހުރި ކަމަށް މައުލޫމާތު ލިބެނީ، މި ވަގުތު އަދި އޮތީ އެމަޖެންސީގައި ބާއްވާފައި، 2:30 ހާއިރު ޑޮކްޓަރު އައިސް ބަލާފައި އެނގޭނީ،" ފިއްޓޭ ވިދާޅުވި އެވެ.

މައުރޫފް ފުލުހުން ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު، މަސްވެރިން ކުރި މުޒާހަރާ ލީޑުކުރި ދޯންޏަށް ފުލުހުންގެ ފައުޖެއް އަރަ އެވެ. މައުރޫފްއަކީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) ގެ ސެކްރެޓަރީ ޖެނެރަލް އެވެ.

މައުރޫފްގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން ވަނީ ފަސް ދުވަހު އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.