Advertisement

2022ރ. ހަރަދުކޮށްގެން މެލޭޝިއާ ދެކޮޅު ޓިކެޓު ހޯދުމުގެ ފުރުސަތު

5 ޑިސެންބަރު 2022 - 07:08 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


2022ރ. ހަރަދުކޮށްގެން މެލޭޝިއާ ދެކޮޅު ޓިކެޓު ހޯދުމުގެ ފުރުސަތު

5 ޑިސެންބަރު 2022 - 07:08 0

ކުރިމަތިވެފައި މިއޮތީ ފުޓުބޯޅައިގެ އެންމެ ބޮޑު އީދެވެ. ގޭތެރެއިން ފެށިގެން ގޮސް މަގުތައްމައްޗާ ހަމައަށް ވެސް އޮތީ މި އީދުގެ ޖޯޝެވެ. މި ފޯރީގައި ބައިވެރި ނުވާ ހަމަ އެކަކު ވެސް ނެތެވެ. އޮފީސްތަކާއި ކެފޭ ރެސްޓޯރެންޓުތަކުން ފެށިގެން ގޮސް ފިހާރަތަކުގައި ވެސް އޮތީ އެއް އަޑެކެވެ. ވޯލްޑުކަޕުގެ އަޑެވެ.

ރާއްޖޭގައި އެންމެ ފުޅާ ދައިރާއެއްގައި ކޮމްޕިއުޓާ ވިޔާފަރި ކުރާ، މެކްސްކޮމް ޓެކްނޮލޮޖީސްގައި ވެސް ވޯލްޑުކަޕުގެ ކުލަވަރު ވަކި ފަނޑެއް ނޫނެވެ. މި އީދާ ގުޅުވައިގެން އެ ފިހާރައިގައި ދަނީ ބޮޑު ޕްރޮމޯޝަނެއް ހިންގަމުންނެވެ.

ގަތަރުގައި ކުރިއަށްދާ ވޯލްޑުކަޕު 2022 އާ ގުޅުވައިގެން ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި ބައިވެރިވުމަށް ހަމަ އެކަނި ކޮށްލަން ޖެހެނީ 2022ރ. ގެ ވިޔަފާރި އެވެ. އެހާ ހިސާބުން އެ ފިހާރައިން ހުށަހަޅާފައި އެހުރި އަގު ހުރި އިނާމުތަކުން އިނާމެއް ލިބުމުގެ ފުރުސަތު ފަހިވީ އެވެ.

ޑިސެމްބަރު 12 ވާ ހޯމަ ދުވަހާ ހަމައަށް ކުރިއަށްދާ ޕްރޮމޯޝަނުން އެއްވަނައަށް ހޮވޭ ނަސީބުވެރިއަކަށް މެލޭޝިއާ ދެކޮޅު ޓިކެޓު ލިބޭއިރު، ދެވަނައަށް ހޮވޭ ނަސީބުވެރިއަކަށް އެ ފިހާރައިން ހުށަހަޅާފައި ވަނީ 48 އިންޗީގެ ސުމާޓު ޓީވީ އެކެވެ. އަދި ތިންވަނައަށް ހޮވޭ ނަސީބުވެރި ފަރާތަކަށް ވާވޭ ނޯވާ 9އެސްއީ ފޯނެއް ލިބޭނެ އެވެ.

އަދި މިހާ ހިސާބުން ނިމުނީ އެއް ނޫނެވެ. އެ ފިހާރައިން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް، އެ ކުރާ ވިޔަފާރިއަކާ އެކަށީގެންވާ ވަރަކަށް ޑިސްކައުންޓު ވެސް ލިބެ އެވެ.

މި ފުރުސަތުގެ ބޭނުން ނުހިފާންވީ އެއްވެސް ސަބަބެއް ނެތެވެ. މެކްސްކޮމް އިން ވިޔަފާރިކޮށްލައިގެން މި އީދު ނިންމާލާފައި އަނެއް އީދު ފެށުމުގެ ފުރުސަތު ވެސް ހަމަ ލިބިދާނެ އެވެ.