Advertisement

މެޓަލިކާގެ އާ އަލްބަމަކާއި ޓުއާއެއް އިއުލާންކޮށްފި

29 ނޮވެންބަރު 2022 - 20:45 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މެޓަލިކާ ބޭންޑުގެ މިޔުޒީޝަނުން.


މެޓަލިކާގެ އާ އަލްބަމަކާއި ޓުއާއެއް އިއުލާންކޮށްފި

29 ނޮވެންބަރު 2022 - 20:45 0

މެޓަލިކާ ބޭންޑުގެ މުޅިން އާ އަލްބަމަކާއި ދުނިޔޭގެ ޓުއާއެއް އިއުލާންކޮށްފި އެވެ.

ބޭންޑުގެ 12 ވަނ ސްޓޫޑިއޯ އަލްބަމް "72 ސީޒަންސް" އަކީ 2016 ވަނަ އަހަރަށް ފަހު ނިކުންނަ ފުރަތަމަ އަލްބަމެވެ.

އަލްބަމް ނެރޭނީ އަންނަ އަހަރުގެ އެޕްރީލް 14 ވަނަަ ދުވަހު އެވެ. ބޭންޑުގެ ޓުއާ ވެސް ފަށާނީ ހަމަ އެ މަހު އެމްސްޓަޑަމް އިންނެވެ.

ބޭންޑުގެ މެމްބަރުން ދަތުރު ކުރާ ކޮންމެ ސިޓީއެއްގައި ދެ ޝޯ ދޭނެ އެވެ. ޔޫރަޕުގައި ޕެރިސް، ހޭމްބާގް އަދި މެޑްރިޑްގެ އިތުރުން އެމެރިކާގެ ލޮސް އެންޖެލެސް، ޑިޓްރޮއި އަދި މެކްސިކޯ ސިޓީ އާއި ކެނެޑާގެ މޮންޓްރިއަލްގައި ޝޯތައް ދޭނެ އެވެ.

މިދިޔަ ހޯމަ ދުވަހު ހެވީމެޓަލް މިޔުޒިކްގައި މަގްބޫލް ބޭންޑުން އާ އަލްބަމްގެ ލަވަޔެއް ރިލީޒްކުރި އެވެ. އެ އަަލްބަަމްގައި 12 ލަވަ ހިމެނޭ އިރު ހޯމަ ދުވަހު ރިލީޒް ކުރީ "ލަކްސް އެޓެނާ" އެވެ.