Advertisement

ބަޖެޓާ ގުޅޭ 12 ވިޕްލައިނަކާ އެމްޑީޕީގެ ހަތް މެންބަރަކު ހިލާފު

28 ނޮވެންބަރު 2022 - 15:25 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އެމްޑީޕީގެ ނަޝީދު ފެކްޝަންގެ ދެ މެންބަރުން؛ ވިޕާ ހިލާފުވި ދެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ--- ފޮޓޯ: މަޖިލިސް


ބަޖެޓާ ގުޅޭ 12 ވިޕްލައިނަކާ އެމްޑީޕީގެ ހަތް މެންބަރަކު ހިލާފު

28 ނޮވެންބަރު 2022 - 15:25 1

އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި 12 ވޯޓަކަށް އެމްޑީޕީން ނެރެފައިވާ ވިޕްލައިނާ އެ ޕާޓީގެ ހަތް މެންބަރަކު ހިލާފުވެއްޖެ އެވެ.

ބަޖެޓާ ގުޅިގެން އިދިކޮޅުން ހުށަހެޅި އަށް އިސްލާހާއި މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް މުހައްމަދު ރަޝީދު ހުށަހެޅުއްވި ދެ އިސްލާހާ ދެކޮޅަށް ވަކިވަކިން އެމްޑީޕީގެ ޕީޖީ ގުރޫޕުން ވަނީ ތްރީ ލައިން ވިޕް ނެރެފަ އެވެ.

އެހެންނަމަވެސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ ހަތް މެންބަރުން ވޯޓުގައި ބައިވެވަޑައިގެންފައިނުވެ އެވެ.

ބަޖެޓާ ގުޅޭ ވިޕްލައިންތަކާ ހިލާފުވި އެމްޑީޕީ މެމްބަރުން

  1. މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
  2. ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު
  3. މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
  4. މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު
  5. އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު
  6. ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު
  7. ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު

ބަޖެޓަށް ހުށަހެޅި އިސްލާހުތަކުގެ އިތުރުން ބަޖެޓާއި ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރުމަށް ނެގި ވޯޓުގައި ވެސް މި މެންބަރުން ބައިވެރިވަޑައިގެންފައިނުވެ އެވެ.

ދެ ފެކްޝަނުގެ މެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކާއެކު ޕާޓީގެ ވިޕްލައިންތަކާ ހިލާފުވުން މިހާރު އެމްޑީޕީގެ ތެރޭގައި އާންމެވެ. އެ މެންބަރުންނާމެދު ފިޔަވަޅު އަޅާނެ ކަމަށް ޕާޓީން ބުނިނަމަވެސް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެ އެވެ.

ވިޕްލައިނާ މިއަދު ހިލާފުވި މެންބަރުން ވަނީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޓެކްސް ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލު ފާސްކުރަން ނެރުނު ވިޕާ ވެސް ހިލާފުވެފަ އެވެ.

އެމްޑީޕީން މީގެކުރިން ނެރުނު ވިޕް ލައިންތަކާ ތަކުރާރުކޮށް ހިލާފުވި މެމްބަރުން ޕާޓީން ވަކިކޮށްފައި ވެސް އެބަހުއްޓެވެ. ނަމަވެސް، ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ލިބި، މި މަޖިލީހަށް ފަހު އެފަދަ ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.