Advertisement

176 ބައިވެރިންނާއެކު ރާއްޖޭގެ ފުރަތަމަ ބާ އިމްތިހާން ބާއްވައިފި

19 ނޮވެންބަރު 2022 - 23:09 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މިއަދު ބޭއްވުނު ބާ އިމްތިހާނު -- ފޮޓޯ: ދިވެހިރާއްޖޭގެ ބާ ކައުންސިލް


176 ބައިވެރިންނާއެކު ރާއްޖޭގެ ފުރަތަމަ ބާ އިމްތިހާން ބާއްވައިފި

19 ނޮވެންބަރު 2022 - 23:09 0

ޖުމްލަ 176 ބައިވެރިންނާއެކު ދިވެހިރާއްޖޭގެ ފުރަތަމަ ބާ ކައުންސިލް އިމްތިހާން މިއަދު ބާއްވައިފި އެވެ.

އެކަމާއި ގުޅިގެން ރާއްޖޭގެ ބާ ކައުންސިލުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މާލެ އަދި އައްޑޫ ސިޓީގައި މިއަދު ބޭއްވި އެ އިމްތިހާނުގެ ބައިވެރިންގެ ތެރެއިން 98.3 އިންސައްތަ ހާޒިރުވި ކަމަށެވެ.

މީގެ ތިން އަހަރު ކުރިން 2019 ވަނަ އަހަރު ތަންފީޒުކުރަންފެށި ގާނޫނީ ފަންނުގެ ގާނޫނުގައިވާ ގޮތުން ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް ބާ އިމްތިހާނު ހަދަންޖެހޭނެ އެވެ. މި އިމްތިހާނު ކޮންމެ އަހަރަކު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއަދުގެ އިމްތިހާނާ ގުޅިގެން ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ އެ ކައުންސިލަށް އަދި ރާއްޖޭގެ ގާނޫނީ ދާއިރާއަށް ލިބިގެންދިޔަ އިންގިލާބެއް ކަމަށެވެ. މި އިމްތިހާނު ބޭއްވުމަށް ބޭރުގެ އެކި އިދާރާތަކުން އެހީތެރިކަން ލިބިފައިވާކަމަށް ވެސް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.

މި އިމްތިހާނުގެ ސުވާލުތައް އެކުލަވާލެވިފައިވަނީ ޓޯޓް ލޯ، ކްރިމިނަލް ލޯ، ކޮންސްޓިޓިއުޝަނަލް ލޯ، އެޑްމިނިސްޓްރޭޓިވް ލޯ، ކޮންޓްރެކްޓް ލޯ، ލޭންޑް ލޯ އަދި ރާއްޖޭގެ ގާނޫނީ ނިޒާމް އެނގޭ މިންވަރާއި މި ގާނޫނުތައް ތަންފީޒުކުރުމުގެ އިލްމުގެ މައްޗަށެވެ.