Advertisement

އަޔާދީ ތަކާފުލްގެ ކަސްޓަމަރުންނަށް ފައިދާއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

15 ނޮވެންބަރު 2022 - 12:50 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެލައިޑް އިންޝުއަރެންސް ކޮންޕެނީގެ އިމާރާތް. އަޔާދީ ތަކާފުލް އަކީ އެކުންފުނީގެ އިސްލާމިކް ވިންޑޯ


އަޔާދީ ތަކާފުލްގެ ކަސްޓަމަރުންނަށް ފައިދާއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

15 ނޮވެންބަރު 2022 - 12:50 0

އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްގެ ކަސްޓަމަރުންނަށް ފައިދާ ބެހުމަށް ނިންމައި، ފައިދާ އަށް އެދި ހުށަހަޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއީ ތަކާފުލްގައި ބައިވެރިވުމަށް ކަސްޓަމަރުން ކޮންޓްރިބިއުޝަން ފައިސާ ޖަމާކޮށް، ގާއިމްކުރާ "ބައިވެރިންގެ ފަންޑު"ން ސީދާ ތަކާފުލްއާ ގުޅޭ ހަރަދުތަކުގެ ގޮތުގައި ބެލެވޭ (ގެއްލުމުގެ ބަދަލު ދިނުމާއި ރީ-ތަކާފުލް ކުރުން ފަދަ ހަރަދުތައް) އުނިކުރުމަށް ފަހު، ބާކީ ފައިސާ، ބައިވެރިންގެ ރިސްކް ފަންޑްގެ ގޮތުގައި އިންވެސްޓްކޮށްގެން އަހަރު ނިމޭއިރު ފަންޑުގައި އިތުރަށް ހުންނަ ފައިސާ އެވެ. އެގޮތުން، މި ފައިސާއަށް "ބައިވެރިންގެ ފަންޑުގެ ފައިދާ" އޭ ވެސް ކިޔައެވެ.

ތަކާފުލް ފަންޑުގެ ޖުމްލަ ފައިދާއަށް ބެލުމަށްފަހު، 2020، ވަނަ އަހަރުގެ ސާޕުލަސް ބަހަން އެލައިޑް އިންޝުއަރެންސްގެ ބޯޑުން ނިންމާ އެކަން އިއުލާނުކުރީ އިއްޔެ އެވެ.

ފައިދާ ލިބޭކަން ޔަގީންކުރާނީ ކިހިނެއް؟

ފައިދާ ނުވަތަ ސާޕްލަސް ލިބޭ ކަސްޓަމަރެއްކަން މި ގޮތްތަކުން ޔަގީން ކުރެވޭނެ އެވެ.

  • ކަސްޓަމާ ފްރަންޓު އޮފީސް؛ ހ.އޯކިޑް (އަމީރު އަހުމަދު މަގު) އަށް ވަޑައިގެން މައުލޫމާތު ސާފުކުރުން
  • ކަސްޓަމަ ކެއާ ނަންބަރު 1600 އަށް ގުޅުއްވުން
  • އޮންލައިންކޮން "އޭޖެންޓް 1600" މެދުވެރިކޮށް ވައިބަ އަދި މެސެންޖަރއިން އައިޑީ ކާޑު ނަންބަރާއި އުފަން ތާރީހު ޖައްސަވައިގެން ތަފުސީލު ހޯދުން

ސާޕްލަސްއަށް އެދި ހުށަހެޅުމަށް ފޯމް ހުށައަޅަންޖެހޭ ސުންގަޑިއަކީ ޖެނުއަރީ 13، 2023ގެ، 16:00 އެވެ.

ސާޕުލަސް އަށް އެދި ހުށަހެޅުމަށް ބޭނުންވާ ފޯމު، އޮންލައިކޮށް އަދި އަޔާދީ އޮފީހުން ލިބޭނެ އެވެ. އޭގެއިތުރުން އެ އެލައިޑު އިންޝުއަރެންސްގެ އޮންލައިން ޕޯޓަލް މައިއެލައިޑް މެދުވެރިކޮށް ވެސް ސާޕުލަސް އަށް އެދެވޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

އާއްމު އުސޫލުން ސާޕުލަސް ލިބުމަށް ޝަރުތު ހަމަވާނީ ސާޕުލަސް ދިނުމަށް ކަނޑައަޅާފައިވާ ހިދުމަތްތަކުގެ ތެރެއިން ހިދުމަތެއް ނަގައި، ސާޕުލަސް ދިނުމަށް ކަނޑައަޅާ މުއްދަތު؛ މިހާލަތުގައި 2020، ގައި ބަދަލަށް އެދި ހުށައަޅާފައި ނުވާ ފަރާތްތަކެވެ.

އަޔާދީ ތަކާފުލް އިން ބުނީ ސާޕުލަސްގެ ގޮތުގައި ކަނޑައެޅޭ ފައިސާއަށް އެދި އެކަމަށް ޝަރުތު ހަމަވާ ފަރާތްތަކުން ހުށައެޅުމުން، އެ ފައިސާ ޖަމާކުރެވޭނީ އެފަރާތަކުން އެ ކުންފުނީގައި ވެރިފައިކޮށްފައިވާ ބޭންކު އެކައުންޓަށް ކަމަށެވެ.

އެގޮތުން، އަމިއްލަ ފަރާތްތަކުގެ ބޭންކު އެކައުންޓު ވެރިފައިކުރުން އެލައިޑު ވެބް ޕޯޓަލް، މައި އެލައިޑުގެ ޗެކް ސާޕުލަސް އެލިޖިބިލިޓީ ޓެބުން ފުރިހަމަކުރެވޭނެ ކަމުގައި އެ ކުންފުނިން ބުނެ އެވެ.

ސާޕުލަސް ބަހާނީ ކިހިނެއް؟

އަޔާދީ ތަކާފުލްއިން ފޯރުކޮށްދޭ ޖެނެރަލް ތަކާފުލްގެ މޮޑެލް ބިނާވެވަނީ ޝަރީއާ ހުއްދަކުރާ މުއާމަލާތެއް ކަމުގައިވާ "ވަކާލާ" ގެ މައްޗަށެވެ. މި މޮޑެލްގައި، ބައިވެރިވާ ފަރާތް (ކަސްޓަމަރު) ތަކާފުލް ޕްލޭނުގައި ބައިވެރިވުމަށްޓަކައި ދައްކާ ކޮންޓްރިބިއުޝަން އަޔާދީ ތަކާފުލް އަށް ދައްކަނީ، ވަކީލެއްގެ ހައިސިއްޔަތުން އެ ފައިސާގެ ތެރެއިން ވަކީލުގެ ފީގެ ގޮތުގައި ނަގާ އުނިކުރުމަށްފަހު، ބާކީ އޮންނަ އަދަދު ބައިވެރިންގެ ފަންޑުގައި ބަހައްޓައ،ި ބަލަހައްޓައި ދިނުމަށް އެއްބަސްވެގެންނެވެ.

އެގޮތުން، ވަކީލެއްގެ ހައިސިއްޔަތުން އަޔާދީ ތަކާފުލްއިން ނަގާ ފީ ހުންނާނީ އަޔާދީ ތަކާފުލްގެ ތަކާފުލް އޮޕަރޭޓަރު ފަންޑުގަ އެވެ. މި ތަކާފުލް އޮޕަރޭޓަރުގެ ފަންޑުން ހޭދަކުރާނީ ތަކާފުލް ހިދުމަތް ދިނުމަށްޓަކައި އަޔާދީ ތަކާފުލް ހިންގުމުގެ ގޮތުން ކުރަންޖެހޭ ހަރަދުތައް ކުރުމަށެވެ.

އަޔާދީ ތަކާފުލްގެ 2020 ވަނަ އަހަރުގެ ސާޕްލަސްއަށް ޝަރުތު ހަމަވާ ކަސްޓަމަރުންގެ ތެރެއިން އެކަމަށް އެދި ހުށަނާޅާ ފަރާތްތަކަށް ކަނޑައެޅިފައިވާ ފައިސާ، ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ބައިވެރިންގެ ފަންޑަށް އަނބުރާ ރައްދުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.