13 ނޮވެންބަރު 2022 - 19:38 6
ނިމާ ހަސަން
އިނގުރައިދޫގައި ބޭއްވި ފުޓްސަލް މެޗަށްފަހު ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ހިނގަނީ
13 ނޮވެންބަރު 2022 - 19:38 6
މިއަދު ރ. އިނގުރައިދޫގައި ކުރިއަށް ދިޔަ ރ. އަތޮޅު ފުޓްސަލް ޗެލެންޖުގެ ފައިނަލް މެޗުގައި އެ އަތޮޅު ދުވާފަރާ ބައްދަލުކޮށް، މެޗުން ބަލިވުން ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުމެއް ހިނގައިފި އެވެ.
މިކަމާ ބެހޭގޮތުން އިނގުރައިދޫ ކައުންސިލުގެ މެންބަރު އިބާދުﷲ މުހައްމަދު 'އަދަދު'އަށް ވިދާޅުވީ ހަމަނުޖެހުން ހިނގީ ސަޕޯޓަރުންގެ މެދުގައި ކަމަށާއި، އެ ހަމަނުޖެހުމުގައި އަނިޔާ ލިބުނު އެ ރަށު ހަ މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ.
އިބާދުﷲ އިތުރަށް ވިދާޅުވީ އެވަގުތު ދަނޑަށް ގޮސް ހުރި ކުޑަ ދެ އަންހެން ކުއްޖަކަށް ފިޓު ޖެހިގެން ވެސް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ހަމަނުޖެހުމުގައި އިތުރު މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބުނުއިރު، ހޮސޕްިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ޖުމްލަ މީހުންގެ އަދަދު ހާމަކުރަން ދަތި ކަމަށް އޭނާ ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ވެސް ވަނީ ހަރަކާތްތެރިވެފަ އެވެ. މި ހާދިސާގައި ފުލުހަކަށް އަނިޔާވި ކަމެއް ސާފެއް ނުވެ އެވެ.
މިހާރު ހަމަނުޖެހުން ކޮންޓްރޯލް ކޮށްފައިވާއިރު، ކުޅުންތެރިން ދަނޑުން ބާލާފައި ވަނީ ވެސް ފުލް ސެކިއުރިޓީގައި ކަމަށް އިބާދުﷲ ވިދާޅުވި އެވެ.
މިއަދު ބޭއްވި ފައިނަލް މެޗުގައި އިނގުރައިދުއާ ބައްދަލުކޮށް ދުވާފަރު މެޗު ކާމިޔާބު ކުރީ 4-3 ލަނޑުންނެވެ.
Comment