Advertisement

އަގުހުރި އިނާމުތަކާއެކު މެކްސްކޮމްގެ ވޯލްޑުކަޕް ފޯރި ފަށައިފި

5 ނޮވެންބަރު 2022 - 12:39 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


އަގުހުރި އިނާމުތަކާއެކު މެކްސްކޮމްގެ ވޯލްޑުކަޕް ފޯރި ފަށައިފި

5 ނޮވެންބަރު 2022 - 12:39 1

ވޯލްޑު ކަޕާ ގުޅުވައިގެން މެކްސްކޮމް ޓެކްނޮލޮޖީސް އިން އަގުހުރި އިނާމުތައް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މެކްސްކޮމް ޓެކްނޮލޮޖީސްގެ ފިހާރަތަކުން 2،022ރ. އަށްވުރެ މަތިން ވިޔަފާރި ކޮށްގެން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ. ޕްރޮމޯޝަން ކުރިއަށް ދާނީ ޑިސެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޑިސެމްބަރު، 13 ގައި ގުރުއަތު ނަގައި އިނާމު ލިބޭ ފަރާތްތައް ހޮވާނެ އެވެ.

މި ޕްރޮމޯޝަނުން އެއްވަނައަށް ހޮވޭ ފަރާތަކަށް މެލޭޝިއާ ދެކޮޅު ޓިކެޓު ލިބޭއިރު، ދެވަނައަށް 48 އިންޗީގެ ސުމާޓު ޓީވީއެއް އަދި ތިންވަނަ އަށް ހޮވޭ ނަސީބުވެރި ފަރާތަކަށް ވާވޭ ނޯވާ 9އެސްއީ ފޯނެއް ލިބޭނެ އެވެ.

މެކްސްކޮމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ވިދާޅުވީ މި ޕްރޮމޯޝަންގެ ބޭނުމަކީ ދިވެހިންނަކީ ފުޓްބޯޅައަށް ފޯރި ހުންނަ ބަޔަކަށް ވުމާއެކު، މި ދަނޑިވަޅުގައި ވިޔަފާރިކޮށްގެން ރަނގަޅު އިނާމުތަކެއް ލިބޭނެ ފުރުސަތު ހޯދައި ދިނުމެވެ.

މެކްސްކޮމްއަކީ ޑެލް ބްރޭންޑާއި ސެމްސަންގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރެވެ.