Advertisement

ތިމާވެއްޓަށް ލިބިފައިވާ ގެއްލުންތައް ބަލަން އީޕީއޭއިން ހުޅިދޫ އާއި އަންބާރާއަށް

20 އޮކްޓޯބަރު 2022 - 09:37 2

ނިމާ ހަސަން

ނިމާ ހަސަން

ވ އަންބާރާ؛ އެރަށާއި، ހުޅިދޫގެ ތިމާވެއްޓަށް ދީފައިވާ ގެއްލުންތައް ބެލުމަށް އީޕީއޭއިން އެރަށަށް ގޮސްފި


ތިމާވެއްޓަށް ލިބިފައިވާ ގެއްލުންތައް ބަލަން އީޕީއޭއިން ހުޅިދޫ އާއި އަންބާރާއަށް

20 އޮކްޓޯބަރު 2022 - 09:37 2

ވ. ހުޅިދޫ އާއި އަންބާރާގެ ތިމާވެއްޓަށް ލިބިފައިވާ ގެއްލުންތައް ދެނެގަތުމަށް ކަމާބެހޭ ސަރުކާރުގެ އިދާރާތަކާ އެކު އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވ. އަތޮޅަށް ގޮސްފި އެވެ.

ހުޅިދު އާއި އަންބާރާގެ ތިމާވެއްޓަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް އީޕީއޭއިން ގޮސްފައި ވަނީ، އެ ރަށްތަކުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް ބުނެ އަތޮޅު ކައުންސިލުގެ ފަރާތުން ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ.

ދަނޑުވެރިކަމުގެ މަސައްކަތަށް އާރަށް އިންވެސްޓްމަންޓަށް 21 އަހަރުގެ މުއްދަތަކަށް ހުޅިދޫ ކުއްޔަށް ދޫކުރީ 2016 ވަނަ އަހަރެވެ. އެހެންނަމަވެސް, މިއަދާ ހަމައަށް ވެސް އެ ރަށުގައި ދަނޑުވެރިކަމުގެ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.

އަންބާރާ އަކީ ފުރަތަމަ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރުމަށް 2004، ގައި ދޫކުރި ރަށެކެވެ. ނަމަވެސް އެ އެގްރިމެންޓު ބާތިލުކޮށް އަންބަރާގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން 2016، ގައި "ހަނދުވަރު އޯޝަން ޕްރިވެޓް ލިމިޓެޑް" އަށް ކުއްޔަށް ދޫކުރި އެވެ. ނަމަވެސް، ރިސޯޓް ތަރައްގީކުރުމުގެ އަމަލީ އެއްވެސް އެދެވޭ މަސައްކަތެއް އެ ރަށުގައި ފަށާފައި ނުވެ އެވެ.

ދެ ރަށުގެ މަސައްކަތް ކުރިއަށް ނުދާތީ، އެ ދެ ރަށް އަތުލުމުގެ މަސައްކަތް ވ އަތޮޅު ކައުންސިލުން ވަނީ ފަށާފަ އެވެ.

ހުޅިދޫ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރާއި ވާވު ކައުންސިލާއި ރަށް ކުއްޔަށް ހިފާފައިވާ ފަރާތާ އެކު އިއްޔެ ބޭއްވި ބައްދަލުވުމަށްފަހު "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން އަތޮޅު ކައުންސިލްގެ ރައީސް ސުޖާއު އަލީ ވިދާޅުވީ ހުޅިދު އާއި އަންބާރާ ހޯދުމުގެ މަސައްކަތުގައި ވ އަތޮޅުގެ ރައްޔިތުން، ދެމިތިބޭނެ ކަމަށެވެ.

ދަނޑުވެރިކަމަށް އާރަށް އިންވެސްޓްމަންޓަށް ދީފައި އޮތް ހުޅިދޫގައި މަސައްކަތެއް ނުކުރާތީ އެގްރިމެންޓު ބާތިލްކޮށްދިނުމަށް އެދި ރަށުގެ ރައްޔިތުން ދަނީ މިދިޔަ ހަފްތާއިން ފެށިގެން މުޒާހަރާ ކުރަމުންނެވެ. އެގޮތުން ވަރަށް ގިނަ ބަޔަކު ހުޅިދުއަށް އެރުމަށްފަހު، އެ ރަށުގައި ވަނީ އިހުތިޖާޖުކޮށްފަ އެވެ. ރަށުން މީހުން ބޭލުމަށް ފުލުހުން ވެސް ދިޔަ އެވެ. އެކަމަކު ސަރުކާރުން ބުނީ އެ ރަށުގެ އެގްރިމެންޓު ބާތިލް ކުރުމުގެ ޖާގައެއް ނެތް ކަމަށެވެ.

ވ. އަތޮޅު ހުޅިދޫ އާއި އަންބަރާގެ ގުދުރަތީ ވެށި ހަލާކުކޮށްލާފައިވާ މައްސަލާގައި، ކަމާ ބެހޭ ސަރުކާރުގެ އިދާރާތަކާ އެކު މިއަދު އީޕީއޭގެ ޓީމެއް ދާއިރު، އެ ޓީމާއެކު ވ. އަތޮޅު ކައުންސިލުން ވެސް ހުޅިދު އާއި އަންބާރާއަށް ދިއުމަށް ވަނީ ނިންމާފަ އެވެ.