18 އޮކްޓޯބަރު 2022 - 09:50 0
ފާތިމަތު އަޖްފާން
އެޗްޑީސީން ސްކޫލު ކުދިންނަށް ގެންދިޔަ ސްމާޓް ސިޓީ ސްޓަޑީޒް ޓުއާގެ ތެރެއިން-- ފޮޓޯ: އެޗްޑީސީ
18 އޮކްޓޯބަރު 2022 - 09:50 0
ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސްމާޓް ސިޓީ ބްރޭންޑް ކަމަށްވާ ސްމާޓްކޮމްއިން ކޮމްޕިއުޓާ ސައިންސް މާއްދާ ކިޔަވާ ދަރިވަރުންނަށް ސްޓަޑީ ޓުއާއެއް ބާއްވައިފި އެވެ.
މި ސްޓަޑީ ޓުއައަކީ ހުޅުމާލެއަކީ ރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމުގެ ގޮތުން އެކަމުގެ އަމަލީ މަސައްކަތް އެޗްޑީސީން ފެށިތާ އެއް އަހަރު ފާހަގަ ކުރުމުގެ މުނާސަބަތުގައި ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް އަމާޒުކޮށްގެން ބާއްވާ ތަފާތު ހަރަކާތްތަކުގެ ތެރެއިން އެއްކަމެވެ.
އެ ޓުއާގައި ބައިވެރިވީ ޖުމްލަ ހަތަރު ސްކޫލަކުން 20 ދަރިވަރުންނެވެ. ބައިވެރިވި ސްކޫލުތަކަކީ ހުޅުމާލޭގައި ސާނަވީ ފެންވަރަށް ކިޔަވާދޭ ރެހެންދި ސްކޫލު، ހުރަވީ ސްކޫލު، ގާޒީ ސްކޫލު އަދި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުންނެވެ.
އެޗްޑީސީން ބުނީ މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ސްމާޓްކޮމް ބްރޭންޑް އަދި ސްމާޓް ސިޓީ ޕްރޮޑަކްޓްތައް ދަރިވަރުންނަށް ތައާރަފުކޮށްދީ ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުން ކަމަށެވެ. އަދި ކޮމްޕިއުޓާ ސައިންސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް ކުދިން އިތުރަށް ޝައުގުވެރި ކުރުވުން ފަދަ ކަންކަން ކުރުމަށް ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ކުރިއަށް ގެންދިޔަ ޓުއާގެތެރެއިން-- ފޮޓޯ: އެޗްޑީސީ
އެގޮތުން މި ޓުއާގައި:
އޭގެ އިތުރުން ސްމާޓް ސިޓީއަކަށް ހުޅުމާލެ ހެދުމަށް ބޭނުންވާ އަސާސީ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ކަމަށްވާ ޖީޕޮން ނުވަތަ އޯޕަން އެކްސެސް ނެޓްވޯކާ ބެހޭ ވަނީ މައުލޫމާތު ވެސް ދީފަ އެވެ.
އެޗްޑީސީން ބުނީ އެ ނެޓްވޯކްގެ އެންމެހާ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ކުރާ ސްމާޓްކޮމްގެ ނެޓްވޯކް އޮޕަރޭޝަންސް ސެންޓަރުގެ މަސައްކަތްތައް ދައްކާލުމާއި އަދި ގޭގެއަށް ނުވަތަ ފްލެޓުތަކަށް ފައިބަރު ޓު ދަ ހޯމް، ނުވަތަ އެފްޓީޓީއެޗް ކަނެކްޝަން ދިނުމަށް ބޭނުންކުރާ އޯއެންޓީ ގުޅާނެ ގޮތްފަދަ އަމަލީ ކަންކަން ކުދިންނަށް އެ ޓުއާގައި ވަނީ ދައްކާލާފައި ކަމަށެވެ.
އެޗްޑީސީން ކުރިއަށް ގެންދާ އެހެނިހެން ކަންކަން ފަދައިން ސްމާޓް ސިޓީގެ މަސައްކަތް ތަކަކީ ކޮމިއުނިޓިއާ ވަރަށް ބޮޑަށް ގުޅިގެން ކުރެވޭ ކަންކަމެވެ.
އަދި ތައުލީމީ ދާއިރާ އަކީވެސް ޒަމާނީ ސްމާޓް ސިޓީއެއްގެ މުހިއްމު ރޯލެއް އަދާކުރާނެ ދާއިރާ އަކަށް ވާތީ މިފަދަ ހަރަކާތްތަކަކީ މުސްތަގްބަލުގައި ސްމާޓް ސިޓީއަކަށް ބޭނުންވާ ހުނަރުވެރިން އުފެއްދުމަށް މުހިއްމު ކަމެކެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment